
ވައްކަންކުރިކަމަށް ތުހުމަތުކޮށް ގެނެވިފައި ހުރި މީހެއްގެ ވަށައިލައިގެން ތިބި ބަޔެއް
ލ.މާވަށު ރަށްމަތީގޭން 35000 އަށް ވުރެ ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށްނެގި ބަޔަކު، ރަށުތެރޭން ބަޔަކު ނުކުމު މިއަދު އަތުލައިގަނެފިއެވެ. މި މީހުން މިހާރުތިބީ މާވަށުކައުންސިލްގެ ބެލުމުގެ ދަށުގައެވެ. ފައިސާގެ އިތުރުން 2 ފޯނުވެސް މިގެއިން ނަގާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލާގައި މިއަދު ހަވީރު ކައުންސިލްގެ އިދާރަޔަށް ގެނެސްފައި ތިބި މީހުނަކީ މިރަށު ހިލިހިލާގޭ އިބުރާހިމް އާއި ސުނާނު ޔޫރޯ އެވެ. ރަށްމަތީގޭގައި މިހާރު ދިރިއުޅުމުންގެންދަނީ މިރަށު ކަށިމާގޭ އާމިނަތު އަބުދުރަޙުމާނުގެ ދެމަފިރިންގެ އާއިލާއެވެ.
މި ހާދިޝާ ދިމާވި ފަރާތުގެ އާއިލާގެ ބޭފުޅަކު މައުލޫމާތު ދިން ގޮތުގައި މިފައިސާތައް ވަގަށް ނެގިކަމަށް ބެލެވެނީ ރޭގެ ވަގުތެއްގައެވެ. އަދި މިފައިސާގެއްލިގެން އެވަހާކަ ދެއްކުމުން ފައިސާތައް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ގޮތުން ބެލިބެލުމުން މިބައިމީހުންގެ ކަމެއްކަމަށް ސައްކުވެގެން މީގެތެރެއިން މީހެއް ކުރެން ސުލްހަވެރިކަމާއިއެކު އަހާ އޮޅުންފިލުވުމުން ވަނީ އެދެވޭ ނަތީޖާއެއް ނުފެނިފައެވެ. މިކަންތައް ފަޅާއެރި ގޮތަކީ މިރަށު ޔޫރޯ ސުނާނު ގެޔަށްއައުމުން އޭނާގެ ބައްޕައަށް މީނާ މިކަމުގައި އިންވޯލްވާކަމުގެ ޝައްކެއްވެގެން މީނާ ހިފަހައްޓައި މީނާ ކުރެން އެހުމުން ހުރިހާވާހަކަޔެއް ސުނާނު ބައްޕަ ( ސިޔާމް ) ގާތުގައި ކިޔައިދިނުމުންނެވެ. އަދި ބައްޕަވަނީ ވަގުތުން ދަރިފުޅު ގޮވައިިގެން އައިސް ވަނީ އޮފީހާއި ހަވާލުކޮށްފައެވެ. ސުނާން ރޭ ނިދިކަމަށް ވަނީވެސް ހިލިހިލާ ގޭގައެވެ.
ސުނާނުގެ ކިބައިން ލިބުނު މައުލޫމާތުގެ އަލީގައި ރަށުގެ ޒުވާނުންގެ ބަޔަކު ހިލިހިލާގޭ ދޮށަށް ގޮސް ވަނީ އިބުރާހިިމް ހިފަހައްޓައިފައެވެ. އަދި ގެއްލުނު ރުފިޔާތަކުގެ ތެރެއިން 16400 ރުފިޔާއާއި 2 ފޯނު ވަނީ އެގޭތެރެއިން ވަން ގުރޫޕުން ހޯދައި ރަށުކައުންސިލާއި ހަވާލުކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ. މިގުރޫޕުން އިބުރާހިމްގެނެސް މާވަށު ކައުންސިލްގެ އިދާރަޔާއި ހަވާލުކުރިފަހުން ގިނަބަޔަކު ވަނީ ކައުންސިލް އިދާރަޔަށް ޖަމާވެފައެވެ. އަދި މިމީހުން ވަދެ ވައްކަންކުރި މީހުނާއި ސުވާލުކޮށް އިތުރުފައިސާތަކަށް ވީ ގޮތެއް ބެލި ބެލުމުން އެގިފައިވާ ގޮތުގައި މި ވައްކަމުގައި ސާމިލްވާ ކަމަށް ބުނާ މިރަށު ހުސެން ނަސީރު ބާކީ ހުރި ފައިސާތައް ހިފައިގެން މިއަތޮޅު ގަމަށްގޮސްފައިވާ ކަމަށް ޙަބަރު ލިބެއެވެ. އަދި އިތުރު ފޯނަކާއި ބައިސިކަލެއް މިމީހުން ވައްގައްނަގާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިމައްސަލާގައި މިރޭ 6:40 ހާއިރު ފުލުހުންގެ ބަޔަކު މާވަށަށް ވަނީ ވަޑައިގެންފައެވެ. މިބޭފުޅުން މާވަށަށް އައިސް މި މައްސަލަ ތަހުޤީޤު ކުރަމުން އެބަދެއެވެ. އަދި މިވައްކަމުގައި ސުނާނުގެ ބައްޕަ(ސިޔާމް) ކަންތައްކުރި ނަމޫނާގޮތް ފާހަގަކޮށް އެތަނަށް އެއްވެފައި ތިބި މީހުން ސިޔާމްއަށް ހިތްވަރުދީ ތަޢުރީފު ކޮށްފައިވެއެވެ.
މި ޙަބަރަށް ފަހުން އަޕްޑޭޓްކުރި ބައި ......
ފުލުހުންގެ ލޯންޗް ފުރި ގަޑީގައި ފުލުހުނުނާއި އެކު އައި ބައެއް އާންމުން ތޮށިގަނޑު މަތީ މަޑުކޮށްލައިގެން
22:00 – ފުލުހުން މާވަށަށް އައިސް މާވަށުގައި ކުރިޔަށް ގެންދިޔަ ތަހުޤީޤުގައި ގެއްލިފައިވާ ފައިސާ ހޯދުމަށް ފުލުހުންނާއި ރަށުގެ ބައެއް އާންމުން އެކުވެގެން ހިލހިލާގެ ވަނީ ބަލާ ޗެކުކޮށްފައެވެ. ފުލުހުން މިރޭ ފުރަތަމަ ފަހަރަށް ހައްޔަރުކުރި މީހުންގޮވައިގެން މާވަށުން ފުރިތާ ކުޑައިރުކޮޅެއްފަހުން ލާރިކޮޅެއް ހިލިހިލާގޭ ތެރޭ ރައްކާ ކޮށްފައި ހުންނާނެކަމަށް މައްސަލައިގާ ހައްޔަރު ކުރި މީހުންގެ ތެރެއިން މީހަކު ބުނުމުން ފުލުހުން އެބުރި ވަނީ މާވަށަށް އައިސް ފައެވެ. އަދި ހިލިހިލާގެ އިތުރަށް ބަލާ ފާސްކުރި ކުރުމުގައި އިތުރު 10،000 ރުފިޔާ ފެނިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިރޭ 9:40 ހާއިރު މިމައްސަލާގައި ހައްޔަރުކުރި މީހުންގޮވައިގެން ފުލުހުން މިހާރުވަނީ މާވަށުން ފުރާފައެވެ. މިވައްކަމުގައި ހިމެނޭ މީހުންގެ ތެރެއިން ސުނާނަކީ އަދި 18 އަހަރުވެސް ނުފުރޭ ކުޑަކުއްޖެކަންވެސް ފާހަގަ ކުރެވެއެވެ، ސުނާނު ފުލުހުން ގެންގޮސްފައިވަނީ އޭނާގެ ބައްޕަ (ކެތި ސިޔާމް)ގެ ފުރިހަމަ ހުއްދަޔާއި އެކުގައި އޭނާ އެދިގެންކަމަށް ސިޔާމު ބުނެފައިވެއެވެ. އާއިލާގެ ފަރާތުން މި މައްސަލަޔާއި ގުޅިގެން އިންވެސްޓިގޭޓް ކުރުމަށް ހަރަކާތްތެރިވި ގުރޫޕުން ބުނިގޮތުގައި ގެއްލުނު ފައިސާގެ ބޮޑުބައެއް މިހާރު ފެނިފައިވާކަމަށާއި އަދި މިވައްކަމުގައި ބައިވެރިވި ހުސެންނަސީރު މިއަތޮޅު ގަމުގައި އުޅެނިކޮށް އަތުލައިގަނެފައިވާ ކަމަށް މާވަށްއިންފޯ އަށް ޔަޤީންކޮށްދީފައި ވެއެވެ. އޭނާ އަތުން 5000 ރުފިޔާ ވަރު ފެނިފައިވާކަމަށްވެސް ބުނެފައިވެއެވެ. މި ގުރޫޕުގައި އިސްކޮށް ހަރަކާތްތެރި ވެފައިވާ ފަރާތަކުގެ ތެރޭގައި ނާޑީ ، އާގިލް އަދި ހަސަން އަބޫބަކުރު(ތަރަބެ) ހިމެނެއެވެ.
މިވައްކަން ހިގާދިޔަގޮތާއި ބެހޭގޮތުން އެއްޗެއް ދަންނަވާލުމަށް މާވަށްއިންފޯއިން އެދުމުން ރަށްމަތީގޭގައި ދިރިއުޅެމުންދާ ފެމެލީއިން އަބޫބަކުރު (ބަކުރުބެ) ބުނެފައިވަނީ ރޭގައި މިކަމެއް ކޮށްފައިވަނީ އެމީހުން ވަރަށް ފާރަލައިގެންކަމަށެވެ ، މަހައްފުރަން އޮތީ ދަންވަރުގެ ގަޑިޔެއްގައި ކަމުން އޭނާގެ މަޑުކޮއްލައިގެން އޮތީ ދަރިން ނިދާ ކޮޓަރީގައި ކަމަށެވެ. އެހެންއޮއްވާ މިވައްކަމެއް ކުރީ އޭނާއަށް ނިދި ޖެހިލި ގަޑިއެއްގައެވެ. ފައިސާތައް ނަގާފައިވަނީ އަލަމާރީގެ ތަޅުލާފައި ހުއްޓައި ހަލާކު ކޮށްލައިގެނެވެ. އެމީހުނާއި މެދު ޝައްކުވެފައިވަނީ ރޭ އެގަޑީގައި އެސަރަހައްދު އެބައިމީހުން އުޅެނިކޮށް އަވައްޓެރިޔަކަށް ފެނިފައި ވާތީ އެވެ. އަދި 35400 ރުފިޔާއާއި އެކު 2 ފޯނާއި ރަންއަނގޮޓިއެއް ގެއްލިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ހޯދިފައިވާ ފައިސާއާއި ފޯނުތައް އަދި އަތަށް ލިބިފައި ނުވާކަމަށާއި އެތަކެއްޗާއި ހަވާލުވުމަށް މާދަމާ މިއަތޮޅުގަމަށް ދާންޖެހޭކަމަށް ބަކުރުބެ ބުންޏެވެ.



kobaitha dhen huri baitha. ehbai liyefa ehaa gina dh...
އަނާއަށް ހާޓް އެޓޭކެއްޖެހި މަރުނުވިކަން ރަގަޅެއްނު
ވީއެއް ނުވީއެއް ނޭގުނު ހީވީ އަދި އެއްބައި އޮންނާނެހެން
maavah - komme meehaku komme ehche k keeas maavah ae...
varah reethi thankolheh dhwwwww