maavahinfo

Saturday, May 19th

Last update10:58:41 PM GMT

:: މާވަށު ޞިއްޙީ މަރުކަޒުގެ ކޭބަލްޓީވީ އާއި ފޯންލައިން ކަނޑާލައިފައި

މާވަށު ޞިއްޙީ މަރުކަޒުގެ ކޭބަލްޓީވީ އާއި ފޯންލައިން ކަނޑާލައިފައި

E-mail Print

މާވަށު ސިއްޙީ މަރުކަޒު - ހެލްތްކޯޕަރޭޝަންގެ ދަށަށްދިއުމުގެ ކުރީގެ ފޮޓޯއެއް

ހެލްތް ކޯޕަރޭސަންގެ ދަށުން ހިންގާ ލ.މާވަށު ޞިއްޙީ މަރުކަޒުގެ ކޭބަލްޓީވީ އާއި ފޯންލައިން ކަނޑާލައިފައި އޮންނަތާ މީހާރު ދުވަސްގަނޑެއް ވެއްޖެއެވެ. މާވަށުގެ ކޭބަލްޓީވީ ޚިދުމަތް ދެމުން އަންނަ ފަރާތްތަކުން މާވަށު ޞިއްޙީ މަރުކަޒުގެ ކޭބަލް ޚިދުމަތް ކަނޑާލީ ކަނޑައެޅިފައިވާ އުސޫލުން ބިލް ނުދައްކާތާ 3 މަސްދުވަސް ވުމަށް ފަހުގައެވެ.

 

ޞިއްޙީ މަރުކަޒުން މަޢުލޫމާތު ލިބުނުގޮތުގައި މަރުކަޒުން ބިލްތަކަށް ފައިސާ ދައްކާއުސޫލު އޮންނަގޮތުންނަމަ މިކޮޅުން ހުރިހާ ބިލްތަކެއް ކޯޕަރޭޝަންއަށް ފޮނުވުމުން މިބިލްތަކަށް ހަމަޔަށް ފައިސާ މަރުކަޒަށް ލިބެންޖެހެއެވެ. ނަމަވެސް މިގޮތަށް ބިލް ފޮނުވައި ފައިސާ ނުލިބޭތާ 3 މަހަށްވުރެ ގިނަދުވަސް ވެގެން ހިގައްޖެއެވެ. އަދި ފައިސާ ނުލިބި މިހާރު ޞިއްޙީ މަރުކަޒުގެ ފޯންލައިންވެސް ކަނޑާލައިފަ ހުންނަތާ ވެސް 3 ހަފުތާޔަށް ވުރެން ގިނަދުވަސްވެއްޖެއެވެ.

 

މިކަންތައްތައް މިހެން އޮތްއިރު މި މަހުގެ މުސާރަ ލިބޭނޭ ކަމުގެ އުއްމީދުގެއްލިފައި ތިބި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ މުސާރަ ލިބޭވަރު ވީވެސް އަދި މިއަދު އެވެ. ސިއްޙީ މަރުކަޒުގެ ކޭބަލްޓީވީގެ ޚިދުމަތް މިހާރު ކަނޑާލައިފައި ވާއިރު މީގެ މަހެއްހާ ދުވަސްކޮޅެއް ކުރިން ފެށިގެން މި މަރުކަޒުގައި ކުރީގެ އެމް.އެން.ބީ.ސީ ފިޔަވައި ރާއްޖޭގެ އަނެއް 2 މީޑީޔާ ( ދިޓީވީ އާއި ވީޓީވީ ) ބެލުން މަނާކޮށް އެންމެނަށް ފެންނާނެހެން ޢިއުލާން ކުރެވިފައިވެއެވެ.

 

ރައީސް ނަޝީދު އިސްތިޢުފާ ދެއްވައި ރާއްޖެއަށް ބަދަލްތަކެއް ގެންނަން ޖެހޭ މި ދަނޑިވަޅުގައި ސިއްޙީ ކަންތައްތައް މިހާރު ހިނގަމުން މިއަންނަ ސިސްޓަމް ބަދަލްވެ މަރުކަޒުގައި ތިބި އެމް.ޑީ.ޕީ ގެ އެކްޓިވިސްޓުންގެ ވަޒީފާޔަށް ބުރޫ އަރާނެކަމަށް ، މިއަދު ރައީސް ނަޝީދުގެ އިސްތިއުފާޔާއި  ގުޅިގެން އުފާ ފާޅުކުރުމަށް މިއަދު ހަވީރު ބަނދަރު ސަރަހައްދަށް އެއްވި ގިނަ އިދިކޮޅު ފަރާތްތަކުން ބުނެފައި ވެއެވެ.

 

މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ހަމަ ނުޖެހޭ ޖުމްލަ
ޖަޑިބު .

ރައީސް ނަސީދު ރަނގަޅު ގޮތަކީ ރައީސް ނަޝީދު
ރައީސް ނަޝީދު އިސްތިއުފާ ދެއްވައި ރާއްޖެއަށް ބަދަލުތަކެއް..... ރައީސް ނަޝީދު އިސްތިއުފާއާއި ގުޅިގެން...
މި ޖުމްލައިގައި ފުރަތަމަ ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައި ނުވާކަމަށް ބުނެފައިވާއިރު ހަމަ އެއާއި ވިދިގެން ހަވީރުގައި އިސްތިއުފާ އާއި ގުޅިގެން ހަރަކާތްތަކެއް ހިންގިކަމަށް އޮތް އިރު މި ލިއުން ލިއުނު އިރު 23:45 ވެފައި ވާއިރު ވަގުތާއި ހާލަތާއި ނުގުޅޭކަން ޖުމްލަ ފެށުނު އިރު ފާހަގަ ކޮށްލަމެވެ.
އެއްވެސް ބަދަލު ހިފުމެއް ނޯންނާނެ ކަމަށް މިހާރުގެ ރައީސް ވަހީދު ވިދާޅުވެފައިވާކަން ފާހަގަ ކޮށްލުން ވަރަށް މުހިންމުކަމުގައި ފެނޭ
ނަން:
އީމެއިލް:
 
ސުރުހީ: