
ފެރީ ކުނަހަންދޫ ބަނދަރުގައި މަޑުކޮށްގެން - ބިދޭސީ ޓީޗަރަކު ފެރީން ބޭރަށްނިކުމެ ހުއްޓިލައިގެން
މާވަށާއި ފޮނަދޫއާއި ދޭތެރޭ ދަތުރުކުރާ ފެރީގެ ޚިދުމަތް މިއަދު މިއަތޮޅު ކުނަހަންދޫއާއި ހިސާބުން ހުއްޓިއްޖެއެވެ. މިގޮތަށް ފެރީ ކުނަހަންދޫއާއި ހިސާބުން ހުއްޓާލަން ޖެހުނު ސަބަބެއްކަމަށް ފެރީކައްޕި ބުނެފައިވަނީ މާވަށުން ކައްޕިއަށް ހަމަލާ ދޭނެކަމުގެ ސިގުނަލްތަކެއް ލިބިމުން ކަމަށެވެ.
އެހެން ދުވަސްދުވަހެކޭ އެއްފަދައިން ފެރީ ފޮނަދޫއިން ފުރާގަޑީ (14:30 )ގައި ފުރަން ފެރީއަށް އެންމެން އަރައި ފެރީ ނައްޓާނުލުމުން ކައްޕިއާއި ސުވާލުކުރުމުން ކައްޕި ބުނިކަމަށްވަނީ ބަލިހާލު ހުރިގޮތުން މިއަދު ފުރަން ނެތްކަމަށެވެ. ނަމަވެސް އޭރު ފެރީގައިތިބި ގިނަ ބަޔަކުގެ އެދުމުގެ މަތިން ފެރީފުރާފައިވަނީ 15:00 ފަހުންނެވެ. އަދި ފޮނަދޫއިން ފުރައިގެން ކުނަހަންދޫއާއި ހިިސާބުގައި ފެރީ މަޑުކުރި ސަބަބެއްކަމަށް ބެލެވެނީ ދާދި މިދާކަށް ދުވަހު މިއަތޮޅު ކަޅައިދޫ ދޯންޏަކާއި މާވަށު ދޯންޏަކާއި ދެމެދު ހިންގި މާރާމާރީއެއްގެ ފަހުން މިއަދު މިކަމާއި އެއްވެސް ގުޅުމެއްނެތް މާވަށުގައި ދަތުރު ކުރާ ލޯންޗެއްގެ ކައްޕި(އަލިމަނިކު) ފޮނަދޫއަށް ދިޔަތަނާ ކަޅައިދޫ ގުރޫޕަކުން ވަނީ އަލިމަނިކާއި ދިމާކޮށް މާރާމާރީ ހިންގައިފައެވެ. މި މާރާމާރީއެއް ހިންގަފައިވަނީ މިއަދު ގާތްގަޑަކަށް 10:15 ހާއިރު ފޮނަދޫ ތެޔޮފިހާރަ ކައިރީގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މި މާރާމާރީގެ ފަހުން އަލިމަނިކަށް އަނިޔާވެ ހޮސްޕިޓަލުން ފަރުވާ ހޯދައިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި މާވަށުގެ ބައެއްމީހުން ތުހުމަތު ކުރާ ގޮތުންނަމަ އަލިމަނަކަށް ހަމަލާ ދީފައި ވަނީ ފެރީ ކައްޕިގެ ބޭބެއެއް ކަމަށެވެ.
މިއަދު ގާތްގަޑަކަށް 17:30 ހާއިރު ކުނަހަންދޫގައި ފެރީ މަޑުކުރި އިރު މާވަށަށް ދިއުމަށް ފެރީން ދަތުރުކުރާ ގާތްގަޑަކަށް 40 އަށްވުރެ ގިނަމީހުން ތިބިކަމަށް މައުލޫމާތު ލިބެއެވެ. އަދި މީމީހުންގެ ތެރޭގައި މާވަށު ސުކުލޫގެ ޓީޗަރުންނާއި އެމީހުންގެ އާއިލާއާއި އެއްކޮށް 14 ވަރަކަށް ބިދޭސީންވެސް ހިމެނެއެވެ.
ފުލުހުން މި މައްސަލަޔާއި ގުޅިގެން ވިދާޅުވެފައިވާކަމަށް މިއަތޮޅުގެ ވެބްސައިޓްގައި ވަނީ މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވާކަމަށާއި ދޯނީގެ ކައްޕިއަށް އިންޒާރުތަކެއް ލިބެމުން އަންނާތީ ކައްޕި ނުފުރަންވެގެން މަޑުކޮށްފައި އޮތީކަމަށެވެ.
"ދޯނީގެ ކައްޕިއަށް އިންޒާރުދެމުން ދާތީވެ އޭނާ ނުފުރަންވެގެން އޮތީ. އެހެންވީމަ ފުލުހުން މީގެ ތެރެއަށް ވަދެގެން އުޅެވެންނެތީ އަދި އެއްވެސްކަހަލަ ހަމަނުޖހެމެއް ހިނގައިގެނެއް ނޫޅޭ. ކައުންސިލުންވެސް (ކުނަހަންދޫ ކައުންސިލުން) ބޮޑަށް އެދެނީ ފުރުން އެއީ ރަނގަޅު ކަމެއް ނޫންކަމަށް." މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އެކަން ވަރަށް ކައިރިން ބަލަމުން އަންނަކަމަށާއި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގައިފިނަމަ ފުލުހުން ޙަރަކާތްތެރި ވާނެ ކަމަށެވެ.
މިއަދު ފެރީގައި ކުނަހަންދޫގައި ތާށިވެފައި ތިބި މާވަށަށް ދަތުރު ކުރާ މާވަށް ، ކުނަހަންދޫ މީހުން އަދި ބިދޭސީޓީޗަރުން މާވަށަށް އައިސްފައިވަނީ މިރޭ 11:00 ގައި މާވަށުގައި ދުއްވާ މަސްދޯނި (ކަނޑުރޯދި) ންނެވެ. މިދޯނި ކުނަހަންދޫއަށް ގޮސްފައިވަނީ ރަށު ސުކޫލުގެ އެދުމުގެ މަތިން ތެޔޮދީގެން ކަމަށް "ކަނޑުރޯދި" ދޯނިން މައުލޫމާތު ދެއެވެ. އަދި މިއަދު ކުނަހަންދޫގައި މާވަށުގެ ދަތުރުވެރިން މަޑުކުރަންޖެހިފައި ތިބި ވަގުތުކޮޅުގައި ކުނަހަންދޫ މީހުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރެވޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.



ލިޔުމުގެ ފަހު ޕެރަގްރާފުގަ "މާވަށަށް އަައިސްފައިވަނީ މިރޭ 11:00 ގައި" ކަމަށް އޮތްއިރު، ހަބަރު ލިޔެފަވާ ވަގުތާއި ތާރީޚް 1 ޖެނުއަރީ 2012 ވަނަ ދުވަހުގެ 1:13 ކަމަށް އޮތުމުން ޚަބަރު ލިޔެފައިވާ ދުވަހުގެ 11:00 އަދި ނުވާކަން އެގެއެވެ. ނަމަވެސް ޚަބަރު ލިޔެފަވަނީ ކުރީ ދުވަހުގެ ވަގުތެއްގައި ހިގި ހީދިސާއަކަށް ކަމަށް ބެލެވެއެވެ. ވީމާ "މިއަދު"ގެ ބަދަލުގަ "އިއްޔެ"އަށް ނިސްބަތްކޮށް ލިޔުން ރަގަޅުވާނެކަމަށް ފެނެއެވެ.