maavahinfo

Wednesday, Feb 22nd

Last update07:55:18 PM GMT

:: މާވަށުގެ ބަނދަރު ސަރަހައްދުގައި މާރާމާރީއެއް ހިނގައިފި

މާވަށުގެ ބަނދަރު ސަރަހައްދުގައި މާރާމާރީއެއް ހިނގައިފި

E-mail Print

މިއަތޮޅު ކަޅައިދޫ މަސްދޯންޏެއްގެ ބަޔަކާއި މިރަށު 22ނަމްބަރ ( ތުއްތުދޯނީގެ) ބަޔަކާއި ދެމެދު މިރޭ 8:45 ހާއިރު މާރާމާރީއެއް ހިނަގައިފިއެވެ. ތުއްތު ދޯނީގެ އިސްފަރާތަކުން ކިޔައިދިން ގޮތުގައި މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ވަނީ މަހަށްގޮސް ބޮއިދޮށުގައި އުޅުނު އުޅުމުގައި ދޯނިން ދޫކޮށްފައި އޮތް ނަނެއް ކަޅައިދޫ ދޯނިން ކަނޑާލުމުން އެކަމާހިތްހަމަ ނުޖެހި އެތަނުން އެއްބަޔަކު އަނެއްބަޔަކަށް ވަނީ އަރާރުން ވެފައެވެ.

 

މިހާދިސާއަަށް ފަހު މިރޭ ކަޅައިދޫ ދޯނި މިރަށުގެ ބަނދަރުގައި އޮއްވާ ތުއްތު ދޯނީގެ ކެޔޮޅު ( މޫސާފުޅު ގުލްރޭޒްގެ) މި ދޯނި ދޮށަށް ގޮސް " ކޮންމެސް އެއްޗެކޭ ބުނުމުން އެދޯނީގައި ތިބި ފަޅުވެރިން މޫސާފުޅާއި ދިމާކޮށްލީއެވެ. އެވަގުތު އިތުރު މީހަކު އެސަރަހައްދުގައި ނެތެވެ. އޭގެ ކުޑައިރު ކޮޅެއްފަހުން ބައެއް މީހުނަށް މި މަންޒަރު ފެނި ދޯނިދޮށަށް ގޮސް ދޯނީގެ މީހުނާ ދިމާކުރިކަމަށް މަންޒަރު ދުށް ބައެއް މީހުން މައުލޫމާތު ދިނެވެ. މި ދޯނީގެ މީހުން ފުރަން އުޅުނު ގަޑީގައި އެސަރަހައްދުގައި ހުރި ދަރުފުނިން ދަރު ދޯންޏައް އުކި ކަމަށްވެސް ވެއެވެ. ހަމަލާޔައް ރައްދު ދިނުމަށް އެދޯނިންވެސް ދެ ރެންޗަކާއި ސިފުޓަރެއް ހޫރާލައިފައިވެއެވެ.

 

މި މާރާމާރީގައި މޫސާފުޅަށް އަނިޔާވެފައި ވާކަމަށް ހަބަރު ލިބެއެވެ. ރަށުން އުކި ދަރުބުރިތަކުން ޖެހި ދޯނީގެ ބައެއް މީހުން ވެއްޓުނު މަންޒަރު ފެނުނު ކަމަށާއި އަދި އެތަނަށް ދިޔަ އަބުދުﷲ (ކަޅޯއްގަނޑު) ކަށީމަތީގައި ވެސް ދަރުބުރިޔަކުން ޖެހިފައި ވާ ކަމަށް އެވަގުތު އެތަނަށް ދިޔަ ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ. މި ދޯނީގެ މީހުން ރަށުން ފުރައިގެން ދަމުން "ގަން ފޮނަދޫ ސަރަޙައްދަށް މާވަށު މީހަކު ގޮސްފިނަމަ ހަމަލާދޭނެ ކަމަށް" ބުނެ އިންޒާރު ދިން ކަމަށްވެސް ވެއެވެ.

 

މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
nothing
mohamed .

its too bade. wat to do .maavah
ބުޓިޔާ .

ކޮންމެ ކަމެއްގައި ހަމަ ނުޖެހުމާއި، މާރާ މާރީ ހިންގުމަކީ އެންމެ އައުލާކަން ބޮޑު ގޮތްބާ؟؟؟؟؟

ނަން:
އީމެއިލް:
 
ސުރުހީ: