maavahinfo

Wednesday, Feb 22nd

Last update07:55:18 PM GMT

:: މާވަށު ސުކޫލުގެ 2 ވަނަ އިންޓަރ ހައުސް މަދަހަ މުބާރާތް ބާއްވައިފި

މާވަށު ސުކޫލުގެ 2 ވަނަ އިންޓަރ ހައުސް މަދަހަ މުބާރާތް ބާއްވައިފި

E-mail Print

މާވަށު ސުކޫލުގެ 2 ވަނަ އިންޓަރ ހައުސް މަދަހަ މުބާރާތް މިއަދު މާވަށު ސްކޫލުގެ ހޯލުގައި ބާއްވައިފިއެވެ. މިއަދު ހެނދުނު 9 އެއް ޖެހިއިރު ފެށި މިމުބާރާތް ނިމުނީ 10 ގަޑި 15 ގައެވެ. މިއީ މިދިޔަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު މާވަށު ސްކޫލުގެ ހައުސްތަކުގެ މެދުގައި ބާއްވާ މުބާރާތެކެވެ.

މިމުބާރާތުގައި ބައިވެރިވީ ތިން ހައުސްއަކުންނެވެ. އެއީ ނިކަ ހައުސް، ހިރުނދު ހައުސް އަދި ކިނބި ހައުސްއިންނެވެ. މިދިލި ހައުސްއަކުން އެއްވެސް ކުއްޖަކު ބައިވެރިއެއް ނުވެއެވެ. މުޅިއެކު 13 މަދަހަ ހުށައަޅައިދިންއިރު ނިކަ ހައުސްއިން ހުށައަޅައިދިނީ 7 މަދަހައެވެ. ހިރުނދު ހައުސްއިން 5 މަދަހަ އަދި ކިނބި ހައުސްއިން އެންމެ މަދަހަ އެކެވެ. ހައުސްތަކުން މައުލޫމާތު ލިބުނު ގޮތުގައި މިފަހަރުގެ މުބާރާތަށް މާބޮޑު ތަރުހީބެއް ނުލިބުނީ މުބާރާތް ބޭއްވުނުލެއް ލަސްވުމުންނެވެ. އަދި ބައެއް ކުދިން ތަފާތު ސަބަބުތަކާއި ހުރެ ރަށުގައި ނެތުމުންނެވެ.

 

މަދަހަ މުބާރާތުގެ ނަތީޖާ އިއުލާންކޮށް ސެޓްޕިކެޓާއި ތަށި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އޮންނަ ދެވަނަ ޓާރމްގެ ރިޕޯޓް ފޮތް ދިނުމުގެ ރަސްމިއްޔާތުގައެވެ.

 

މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
madhaha .

thanx for the update.. keep it up ur good work

ނަން:
އީމެއިލް:
 
ސުރުހީ: