maavahinfo

Saturday, May 19th

Last update10:58:41 PM GMT

:: ފަހުޒަމާނުގެ އެންމެހާ މުސްލިމުތަކުންނަށް ސިޓީއެއް

ފަހުޒަމާނުގެ އެންމެހާ މުސްލިމުތަކުންނަށް ސިޓީއެއް

E-mail Print PDF

ލޯބިވާއަޚާއަށް: ދިންނެވުމުގެ މަގަށް ތަބައަވާ މީހަކަށް ސަލާމަތް ހުއްޓެވެ. އަޅުގަނޑުމެން އެންމެންވެސް ހެއްދެވި ފަރާތަކީ ﷲ އެވެ. މި ވާހަކައަކި ވަރަށް މޮޔަ ވާހަކައަކަށް ވެދާނެއެވެ. އެކަމަކު މިއީ ވަރަށް މުހިންމު ވާހަކައެއްކަން ތިރީގައިވާ ހާދިސާއިންވެސް އެނގޭނެއެނެއެވެ.

 

މިފަދަ ބުއްދީގެ ދަލީލުތައް ކީރިތި ޤުރްއާނުގައިވެސް الله سبحانه وتعالى ވަނީ ވަޙީކުރައްވާފައެވެ. أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ بَل لَّا يُوقِنُونَ (الطور: 35)

މާނައީ: "ނުވަތަ ހެއްދެވި ފަރާތެއްނެތި އެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތަކީ، އެއުރެން ހެއްޔެވެ؟" އެބަހީ: އެއްވެސް ފަރާތެއް ހެއްދެވުމަކާ ނުލައި އެމީހުން އަމިއްލައަށް ނުއުފެދޭނެއެވެ. އަދި އެމީހުންގެ ނަފްސުތަކުން އެމީހުން އަމިއްލައަށް އުފެދުން އެއީވެސް މުސްތަޙީކުލު ކަމެކެވެ.

 

جبير بن مطعم ވިދާޅުވިއެވެ. رَسُوْلُ اللّهِ صَلَّ اللهُ عَلَيْهِ وَسَلَّم ޠޫރު ސޫރަތް ކިޔަވާ ވިދާޅުވަނިކޮށް ތިމަންނާއަށް އަޑު އިވުނެވެ. (އޭރު ޖުބައިރަކީ މުޝްރިކެކެވެ.) މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިއާޔަތާއި ހަމައަށް ކިޔަވައި ވިދާޅުވުމުން، މިއާޔަތުގެ އަޑު ތިމަންނާއަށް އިވުމުން ތިމަންނާގެ ހިތް ހީވީ މޭފަޅާފައި ނުކުމެގެން ހިނގައި ދާނޭ ހެންނެވެ. އީމާންކަން ތިމަންނާގެ ހިތަށް އެންމެ ފުރަތަމަ ވަނީ އެހިނދުގައެވެ."

 

ދެން ވިސްނާލަނވީ އަޅުގަނޑުމެންނަށް މިއުޅެނީ އެކަލާނގެ އެނގެވި ގޮތަށް ތޯ އެވެ. އެނމެ ފުރަތަމަ  އަޅުގަނޑުމެން މި ދުނިޔެއަށް ފޮނުއްވީ މާތް ﷲ އަށް އަޅުކަން ކުރާށެވެ. އަޅުކަން ކުރުމުގެ މާނައަކީ  ﷲ އެއްކައުވަންތަ ކުރުން ކަމުގައި މުފައްސިރުން ބަޔާންކުރައްވައެވެ.

 

. ﷲ އެއްކައުވަންތަ ކުރަން ޖެހެ ބައެއް ގޮތް

1.އަދި الله سبحانه وتعالى ފިޔަވައި ބިރުގަންނަ އެހެން ފަރާތެއް ވެގެން ނުވާނެއެވެ. (އާލްޢިމްރާން: 175) " إِنَّمَا ذَلِكُمُ الشَّيْطَانُ يُخَوِّفُ أَوْلِيَاءَهُ فَلا تَخَافُوهُمْ وَخَافُونِ إِنْ كُنْتُمْ مُؤْمِنِينَ "

މާނައީ: "ހަމަކަށަވަރުން އެއީ ޝައިޠާނާއެވެ. އެކަލޭގެ، އެކަލޭގެ އެކުވެރިންދެކެ ތިޔަބައިމީހުން ބިރުގަންނަވަނީއެވެ! ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރު ނުގަންނާށެވެ! އަދި ތިޔަބައިމީހުން، މުއުމިނުންކަމުގައި ވަނީނަމަ، ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ."

 

މި ވާހަކަ ބުނުމުން ކޮންމެ މީހަކުވެސް ބުނާނެއެވެ. الله سبحانه وتعالى ފިޔަވައި އަޅުގަނޑު  ބިރުގަންނަ އެހެން ފަރާތެއް ނެތެވެ. އަޅުގަނޑުމެން ރަނގަޅު ގޮތް އިނގޭއިރުވެސް ހައްގު މަގަށް ތަބައަ ނުވެ ތިބެވެނީ ކުއްލިއަކަށް އަޅުގަނޑުމެނގެ އުޅުން ބަދަލު ވެއްޖެނެމެ ރައްޓެހިންނާއި މުޖުތަމައުގެ މީހުން ކިޔާނެ އެއްޗިއްސަށް ވިސްނާތީއެވެ. އަނެއް މިއަދު މުސްލިމުނގެ ތެރެއިން ވެސް ގިނަ މީހުން ދެކޭ ގޮތުގައި ދީނުގެ ކަންތައްތަކުގައި ހިފައިގެން ގުރުއާނާއި ސުންނަތަށް އުޅޭނީ މޮޔައިންނެވެ. ބައި ގިނަ ބަޔަށް ތިމާ ވެސް ތަބައަ ވާން ވެގެނ  ތިމާއަށްވެސް ތަބައަ ވެވޭނީ މުޖުތަމއުގެ އެހެން މީހުނެ މަގަށެވެ.  އަޚާއަށް މިހެން ވާނަމަ ތިރީގއިވާ އިބާރަާތްތަކަށް ވިސްނާލާށެވެ.

 

އޭ ނިކަމެތި އިންސާނާއެވެ! ތިބާ އަށް މިދުނިޔާގައި ހުރިހާ ކަމެއް ފުދިފައިވާކަމަށް ތިބާ ހީކުރަނީ ހެއްޔެވެ؟ ތިބާ މުސްލިމެއްކަމަށް ލޭބަލް ޖެހިފައިވާތީ ތިބާ ސުވަރުގެ ވަންނާނެކަމުގެ ޔަޤީންކަން ތިބާ އަށް ލިބިފައި ވަނީ ހެއްޔެވެ؟ ތިބާ ދީނަށް އުޅެން ލަދު ގަންނަނީ ހެއްޔެވެ؟ ﷲތަޢާލާގެ އަމުރުފުޅު ކުރިމަތީގައި އިންސާނުންގެ ބަހަށް ތިބާ އިސްކަންދެނީ ކީއްވެ ހެއްޔެވެ؟ މީހުން ތިބާޔާ މެދު ދެކޭނޭ ގޮތާއިމެދު ތިބާ ލަދުގަންނަނީ ހެއްޔެވެ؟ މީހުން ކިޔާ އެއްޗިއްސާއި ކުރާ ފުރައްސާރަ އަށް ތިބާ ބީރު ކަންފަތެއް ދޭށެވެ. މާތްﷲ ރުއްސުން ލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާ ވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ހަދީޘް ކުރެއްވިއެވެ. "މީސްތަކުން ރުޅިވެރިކޮށްފައި ނަމަވެސް ﷲގެ ރުއްސެވުން ހޯދުމަށް މަސައްކަތް ކޮށްފި މީހާ ދަންނާށެވެ! ﷲ އޭނާ އަށް ރުހިވޮޑިގަންނަވާނެ އެވެ. އަދި މީސްތަކުން ވެސް އޭނާ އަށް ރުއްސަވާނެ އެވެ. އަދި ﷲ ކޯފާ ކޮށްފައި މީސްތަކުންގެ ރުހުން ހޯދުމަށް މަސައްކަތް ކޮށްފި މީހާ ދަންނާށެވެ! ﷲ އޭނާގެ މައްޗަށް ކޯފާވެ ވޮޑިގަންނަވާނެ އެވެ. އަދި މީސްތަކުން ވެސް އޭނާގެ މައްޗަށް ރުޅިވެރި ކުރައްވާނެ އެވެ." ވީމާ ތިބާ ޚިޔާރު ކުރާނީ ތިބާގެ އެކުވެރިންގެ ރުހުމާއި މިދުނިޔޭގެ ވަގުތީ އުފާ ހެއްޔެވެ؟ ނުވަތަ ﷲގެ ރުއްސެވުމާއި އާޚިރަތުގެ ބާއްޖަވެރިކަން ހެއްޔެވެ؟

 

 

އ2. الله سبحانه وتعالى ފިޔަވައި توكل ކުރާ އެހެންފަރާތެއްވެސް ހުރެގެން ނުވާނެއެވެ. (އައްތަޣާބުން:13) " وَعَلَى اللَّهِ فَتَوَكَّلُوا إِنْ كُنْتُمْ مُؤْمِنِينَ " މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންނީ މުއިމިނުންކަމުގައި ވަނީނަމަ، ހަމައެކަނި الله سبحانه وتعالى އަށް توكل ކުރާށެވެ!"

 

ވަކީލުކުރުމުގެ މާނައަކީ ކޮބައިތޯއެވެ. ދިވެހި ބަހުގެ ރަދީފުގައި ވަކީލުކުރުމުގެ މާނައަކީ  ހުރިހާ ޙާލަތެއްގައި ހުރިހައިކަމެއް ﷲ ސުބުޙާނަހޫ ވަތަޢާލާއާ، ހިތުގެ އަޑިން ޙަވާލުކުރުމެވެ. އެއީ އެކަންކަން ކާމިޔާބުކުރުމުގެ ސަބަބުތަކުގައި ހިފާފައި އެކަން ފަހި ކޮށްދެއްވާނޭ ކަމުގެ އިތުބާރު ތިމާގެ ހިތުގައި ބޭއްވުމެވެ. އެހެންކަމުން ވަކީލުކުރުމަކީ ﷲ ތައާލާ ދީނުގައި އަންގަވައިފައިވާ އެންގެވުންތަކަށް ބޯލަނބައި ﷲއަށް ޓަކައި ތިމާ ހުސްވެ ހުރުމެވެ.

 

3. ފާގަތިކަމުގައިވެސް ﷲ އަށް ކިޔަނމަންގަތުން

وَإِذَا مَسَّ الإِنسَانَ الضُّرُّ دَعَانَا لِجَنبِهِ أَوْ قَاعِدًا أَوْ قَائِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَن لَّمْ يَدْعُنَا إِلَى ضُرٍّ مَّسَّهُ كَذَلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُواْ يَعْمَلُونَ يونس: ١٢

[އަދި އިންސާނާއަށް އުދަނގުލެއް ޖެހިއްޖެނަމަ އޮށޯވެ އޮވެގެންނާއި ނުވަތަ އިށީނދެ އިނދެގެންނާއި، ނުވަތަ ކޮޅަށްހުރެގެން، ތިމަންރަސްކަލާނގެ ޙަޟްތަރަށް ދުޢާކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުދަނގޫ ފިއްލަވައިފުމުން، އޭނާ އެދާ މަގުން ހިނގައިދެ އެވެ.  އުދަނގުލެއްޖެހިގެން ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ވެސް ނުކުރާ ކަހަލައެވެ. ކާފިރުންނަށް އެއުރެން ކޮށް އުޅުނު ޢަމަލުތައް ޒީނަތްތެރިކުރައްވާފައިވަނީ އެފަދައިންނެވެ. "

 

އަލްއިމާމު އިބްނުކަޘީރު ވިދާޅުވާ ގޮތުގައި މާތްﷲ މިއާޔަތުގައި ބަޔާންކޮށްދެއްވާފައި މި ވަނީ އިންސާނާގެ ޙާލަތެވެ. އިންސާނާއާ ބަދުނަޞީބުކަމެއް ކުރިމަތިވެއްޖެ ނަމަ އެކަމާ ކަންބޮޑުވެ ހާސްވެ އެ ކަމުން ސަލާމަތްވެވޭތޯ މަސައްކަތްކުރާނެ ވާހަކައެވެ. ﷲގެމަތިން ހަނދުމަވެ ތަފާތުގޮތްގޮތަށް ދުޢާދަންނަވާ އާދޭސްދަންނަވާނެއެވެ. ނަމަވެސް ހަމަ މިކަން ފިއްލަވައިދެއްވާ އިރަށް ، ﷲގެމަތިން ހަނދުމަ ނެތިގެން ގޮސް ކުރީގެ ޙާލަތަށް އެނބުރި ހިނގައިދާނެއެވެ.  (2)

 

ލޯބިވާ އަހާއެވެ. ގިޔާމަތް ކައިރިވެއްޖެއެވެ. މީ ފަހު ޒަމާނެވެ. އެހްނަކަމުން ވިސްނެ މިހަކުނަމަ  އަވަހަށް ތައުބާވާނެއެވެ. ﷲ އެންގެވިގޮތަށް އުޅެން ފަށާނެއެވެ. ﷲ އަންގަވާފައި އޮތީ ކޮން އެއްޗެއްތޯ ބަލަން ގުރުއާނުގެ މާނަ ބަލާ އެގޮތަށް އުޅޭނެއެވެ. ގުރުއާނަކީ ހައްގުތެދެވެ. ސުންނަތަކީ  ހައްގުތެދެވެ. އެކަން ވަނި ސައިންސްވެރިންވެސް ކަށަވަރު ކޮށްދީފައެވެ. އެއީ ދުނިޔެއާއި އާހިރަތް އޮތް ހަމައެކަނި މަގެވެ. އެހެންކަމުން ގުރުއާނާއި ސުންނަތަށް އަމަލުކުރާ މީހަކު ކަމުގައި އަޚާވާށެވެ. އޭރުން އަޚާއަށް ހީވެސް ނުކުރާ ގޮތގޮތުން ރިޒުގު ލިބެނެއެވެ. މީހުންގެ އިހްތިރާމް ލިބެނެއެވެ. ނަރަކައިން ސަލާމަތް ވާނެއެވެ.

 

ނޯޓު: މިލިޔުމުގައި އަހާ ބޭނުން ކޮށްފައި މިވަނީ އަހުންނާއި އުހުތުންނަށް ނިސްބަތްވާ ގޮތަށެވެ

މިފަދަ އެތައް ދީނީ ލިޔުމަކާއި ފޮޓޯއެއް އަޅުގަނޑުގެ ފޭސްބުކު ޕްރޮފައިލްގައި ހުންނާނެއެވެ.

ދީނީ ލިޔުމުގެ އިތުރުން ކިޔެވުމާ ގުޅޭ ލިޔުންތައްވެސް ހުންނާނެއެވެ. ހާއްސަކޮށް ގުރޭޑު އެގާރަ ބާރައިގެ މާއްދާތަކާގުޅޭ ލިޔުންތަކެވެ.

My FB profile: Mohamed Mauoon Sharyf