maavahinfo

Saturday, May 19th

Last update10:58:41 PM GMT

:: އެދުވަހު ކިޔުނު ހެޔޮއެއްޗެތި މިއަދު ކިޔަނީ ކާކުތޯއެވެ؟

އެދުވަހު ކިޔުނު ހެޔޮއެއްޗެތި މިއަދު ކިޔަނީ ކާކުތޯއެވެ؟

E-mail Print PDF

އެ ދުވަހު އަޅުގަނޑާޢ އަޅުގަނޑުގެ އަވަށްޓެރިން ދުވެ ދިޔައީ އަޅުގަނޑުމެން މާމަގެއަށެވެ. އެ ގެއަށް ގޮސް އަޅުގަނޑުމެން އެރީ އެގޭގައި ހުރި ވަޅު ބުރިއެއްގަ މައްޗަށެވެ. އެންމެންގެ ދޫ ތަކުންވެސް އިވެމުންދިޔައީ ދުއާތަކާއި ތަކުބީރުގެ އަޑެވެ. ހިތުގައި ﷲ ގެ ޒިކުރު ފިޔަވައި އެހެން އެއްވެސް އެއްޗެއްނެތެވެ.

 

މިހާރު މީ އޭގެ 6 އަހަރު ފަހެވެ. އަޅުގަނޑުމެންގެ ހާލަތު ކުރީގެ ހާލަތަށް ރުޖޫއަވެއްޖެއެވެ. ނަމަވެސް ސުވާލަކީ މިއަދު އަޅުގަނޑުމެން ސުނާމީ ދުވަހު އަލުގަނޑުމެން ﷲ ހަނދުމަ ކުރި ފަދއިން ﷲ ހަނދުމަ ކުރަމުތޯއެވެ. އަޅުގަނޑުމެންނަ ށް ހަނދުމަ އެއް ނުކުރެވެ އެވެ. އެންމެ ކުޑަމިނުން އަލުގަނޑުމެންގެ ނަމާދުގައިވެސް  އަޅުގަނޑުމެންނަކަށް ހަނދުމަ އެއް ނުކުރެވެއެވެ. ނަމާދުގައިވެސް އަލުގަނޑުމެންގެ ސިކުނޑިތަކުގެ ވަށައިގެން އެނބުރެނީ ދުނިޔެވީ ކަންތައްތަކެވެ، މައަސަލަތަކެވެ. ނުވަތަ ދުނިޔެވީ ހުވަފެންތަކެވެ. އަލުގަނޑުމން ދަތި ހާލެއްގައި ޖެހޭހިނދު ނުހަނު އިހުލާސްތެރިކަމާއެކު އެކަމުން ސަލާމަތްކޮށްދެއްވުން އެދި ދުއާކުރެއެވެ. އެކަމަކު އެ ދަތި ހާލުން އަޅުގަނޑުމެން ސަލާމަތް ކޮށްދެއްވާއިރަށް އޭރު ދުއާކުރި ފަރާތުގެ މަތިން ހަނދާން ނެތެއެވެ. މިކަން ކީރިތި ގުރުއާނުގައިވެސް ބަޔާންކޮށްފައިވެއެވެ. ސުނާމީ ފަދަ ކާރިސާއެއްގައި ޖެހޭއިރަށް އެންމެ ވަރުގަދަ އޭތިސްޓުވެސް ﷲ އަށް ދުއާކުރާނެއެވެ.  ނިކަން ވިސްނަވާށެވެ. ކާއިނާތު ގެ ހުރިހާ ކަމެއް ހިންގުމުގައި ވަރުގަދަބާރެއް ޥޮޑިގެންވާކަން މިކަމުން އަޅުގަނޑުމެންނަށް އެބަ އެނގެއެއް  ނޫންތޯއެވެ. މި ވަރުގަދަ ބާރަކީ ﷲއެވެ. އެހެންކަމުން އަޅުގަނޑުމެން ﷲ ގެ ހަޟްރަތަށް ތައުބާވެ ރުޖޫއަވަމާތޯއެވެ. އަމިއްލަ ނަފުސުތައް އިސްލާހު ކުރަމާތޯއެވެ.   ގުރުއާން ކިޔަވާ އޭގެ މާނައާމެދު ވިސްނަމާތޯއެވެ. ތައުހީދުގެ ފޮތްތައް ކިޔާ އެއަށް އަމަލުކުރާ ތައުހީދުގެ އަހުލުވެރިނަށް ވަމާތޯއެވެ. ރަސޫލާ[ޞ.އ.ވ] އަށް ސުންނަތަށް އަމަލުކުރާ ބަޔަކަށް ވަމާތޯއެވެ.