
(12 އޮކްޓޯބަރ 2010 އާއި ގުޅޭ)
އާދޭހެވެ! ހިލޭ އަންހެނުންގެ ކައިރީން ޖިންސީލައްޒަތު ހޯދާ މީހާއީވެސް މިކަމުގައި ކުއްވެރި ފާފަވެރިއެކެވެ. މީހެއްގެ އަތްނބަަކާ ގުޅިގެން އެދުންތައް ފުއްދަމުން ގެންދާ މީހާއީ އަދި ވަކީން ފާފައާއި ކުށް ބޮޑުވާނޭ މީހާކުކަން ޔަޤީނެވެ. އެމީހުންނަކީވެސް އަނިޔާވެރިންކަމުގައި ވާނޭ ކަމާމެދަކު އޮޅުމެއް ނެތެވެ. އެއްބަހެވެ. އެކަމަކު އެމީހުން އެގެންނަ ނުބައި ޢަމަލުތަކުގެ އަޞްލަކީ ޠަބީޢި އެދުމެކެވެ. އެ އެދުން ބޭނުންކުރުމުގައި އެމީހުން ހުއްދަނޫން މަގަކުން ހިނގީއެވެ. ފާޞިދު މަޙައްލެއްގައި ޠަބީޢި ޢަމަލު ހިންގުނީއެވެ. "ފުށަތުބަލީ"ގެ ވެރިޔާ އެހެންނަކުން ނޫނެވެ. އޭނާގެ ޖިންސީ ޙަރަކާތްތައް ހުންނަނީ ޠަބީޢަތުގެ ޤާނޫނާއި ދިމާއިދިކޮޅަށް ފުށަތަށް އެނބުރިފައެވެ. މިކޮޅު އެކޮޅަށް އެކޮޅު މިކޮޅަށް ޖަހާފައެވެ. ޝައްކެއް ނެތެވެ! އެއްޖިންސެއް ހަމަ އެޖިންސަށް އެދުންވެރިވުން އެއީ ޢަމަލީ ސިފަ އަތުވެއްޖެނަމަ ކަލާނގެ ކަނޑައަޅުއްވާފައިވާ ޤުދުރަތީ ޤާނޫނުން އެންމެ މުހިންމު މާއްދާއަކާ މުޅިން ޚިލާފުވުމެކެވެ. އޭރުން ހުރިހައި ދީނަކާއި އިދިކީލި ވެވުނީއެވެ. މުހައްޛިބު (ތަހުޒީބުވެފައިވާ) އެންމެންގެ އިސްޠިލާޙާއި ނޭއްދާރު ވެވުނީއެވެ. އެމީހަކު އެފަދަ މުހިންމު ގަވާއިދުން ޢަމަލުން މުގުރައިލިކަމަށްޓަކައި ގަދަފަދަ ޢުޤޫބާތެއް ނުލިބިއެއްނުދާނެއެވެ. ދުނިޔެމަތީގައްޔާއި ޤިޔާމަތުގައެވެ. ފަހަރުގައި ދުނިޔެމަތީން ނުފެނިއްޖެ ނަމަ އާޚިރަތުގެ ވޭން ދެފަށްވެގެން ދާނޭކަން ކަށަވަރެވެ.
ސިފަވެގެން ދިޔަ ހައިރާންވުން އެކަށީގެންވާ ބަލީގެ އަޞްލާއި އަދި ފަރުވާއާ މެދު އެއްޗެއް ދަންނަވާލުމުގެ ކުރީން އެބައްޔާމެދު ތާރީޚިނަޒަރެއް މަތިމަތީން ނަމަވެސް ހިންގައިލަމާތޯއެވެ؟ ބަލަމުން ދާއިރު ބައްޔަކީ ތާރީޚުގެ ލައްކަ ކުރީ ކޮޅުން ފެށިގެން މަދަނިއްޔަތާ އެއް އިންވެގެން އަންނަ އަޖުތިމާޢީ ބައްޔެކެވެ. މަޝްހޫރު ލޫޠުބާގާ މީހުންގެ ތާރީޚުން ޚުދް ޤުރުއާނުގައިވެސް ޞަރީހަގޮތުން މިމައްސަލަޔާމެދު ޚަބަރުތަކެއް އެކުލަވާލާފައި ވެއެވެ. ތައުރާތުގައިވެސް ވަރަށް މަތިވެރި ދެރަށެއްގެ ބަޔަކު އެބަލީގެ ޢަމަލުތަކުގެ ސުންޕާކަމުން ހަލާކުވެގެން ދިޔަވާހަކަ އޮވެއެވެ. ސައްޔިދުނާ މޫސާގެ ޝަރީޢަތުގައިވެސް އެސުންޕާ ޖަރީމާ ގެނައިބަޔަކަށް އޮންނަ ޙުކުމަކީ ރަޖަމުކުރުމެވެ. ފާރިސީންގެ ތެރޭގައި އެފަދަ ޢަމަލެއްކޮށްފި މީހަކު ދުނިޖަހައިގެން މަރަނީއެވެ.
ޔޫމާނީންނާއި ރޫމާނީން ދުނިޔެމަތީގައި ކުރިއަރައި ތަރަށްޤީވެގެން މުއްސަނދިވުމުން ޙައްދަށްވުރެ މައްޗަށް އުފާތަކާއި މަޖާތައް ގެންދިޔަ ޒަމާނުގައި އެމީހުން ހަށިގަނޑުގެ ލައްޛާތުގައި ފީނާލެއް ބޮޑުކަމުން އެތަންތާނގެ މުޖުތަމަޢުގައިވެސް އެބަލި ފެތުރިގެން ދިޔައެވެ. ޞަލީބީ ހަނގުރާމައިގައި ނަޞާރާއިން އިސްލާމުންގެ ކުރިމަތީގައި ބަލިވެގެން ދިޔަ ބަލިވުމަކީވެސް އެމީހުންގެ ތެރޭގައި "ފުށަތުބަލީ"ގެ ސުންޕާކަން ފެތުރިފައި އޮތް ބޮޑުކަމުން އައި ނަތީޖާއެކޭ ބުނާ މުވައްރިޚުން މިޒަމާނުގައި އެބަތިއްބެވެ.
މިހާރުގެ ދުނިޔެއަށް ވިސްނަމުން ދާއިރު މިދަންނަވާ ޖިންސީ ޝުޢޫރު ފުށަތަށް ފުރޮޅިފައި ހުންނަ ބަލި ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގެ ބޮޑެތި ޓައުންތަކުގައި ފެތުރިފައި ވެއެވެ. ލަންޑަން، ނިޔޫޔޯކް، ޕެރިސް ފަދަ މަރުކަޒުތަކުން ކަސްބީ ގޭގޭގައި އެބަލީގެ އަމަލުތައް ވަރަށް ގިނައެވެ. ޚާއްޞާކޮށް ޕެރިސްގައި އެއީ އާދައިގެ ކަމެކެވެ. މިޔަށްވުރެވެސް އަޖައިބުވާންޖެހޭ ކަމަކީ ބައެއްތަންތާނގެ ސަރުކާރުންވެސް އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަށްވެސް ކަސްބީކަމުގެ ސަނަދު ދޫކުރާކަމެވެ!!
ދިވެހިރާއްޖޭގައި މިބަލި ހިނގަމުންދާ ދިޔުމާމެދަކު މިމަޤާލަތުގައި ވާހަކަ ދައްކާކަށް ގަސްތެއް ނުކުރަމެވެ. މާތްﷲ ރުއްސެވީވިއްޔާ އެހެންފަހަރަކުން ލިޔެވޭތޯ ބަލާނަމެވެ. މިހާރު ރަށްފުށުގައިވެސް އެބަލީގެ ފަނި ހިރެމުން ދާކަމުގައި ދަންނަވައިލުމުން ފުއްދައިލާނީއެވެ.
ބަޙުޘްކުރަމުންދާ އެންމެން އިއްތިފާޤުވާ ފަދައިން ޖިންސީ މިޒާޖު ކަތިކޮށް މަގުއޮޅުވުމުގެ ސަބަބުތައް ކަމުގައިވާ ޚީލާފުއެތައް ޢާމިލެއް ވެއެވެ.
ވާރުތައިންވެސް މިބަލި ފަހަރުގައި ލިބެމުން ހިނގައިދާނެ ކަމުގައި ބައެއްމީހުން ބުނެއެވެ. މާބަނޑުގައި އޮންނަ ދުވަސްވަރު ކުއްޖާއަށް މެދުވެރިވަމުންދާ ބައެއް ޙާލާތަކީ އޭނާގެ ޠާބީޢަތް ފާސިދުކޮށް ޖިންސީޢާޠިފާ ކަތިމަގަށް އަޅުވާ ޢާމިލެއްކަމުގައި ބަޙުޘުން ކުރިޔަށް ނުކުމެ ތިބި އެންމެހައި ޢިލްމުވެރީން އެއްބަސްވެއެވެ. ފަހެ އަންހެނާ މާބަނޑުވެ އިންނަ ދުވަސްވަރުގައި އޭނާގެ ޝަހުވާތުގެ ލަގަން ދޫކޮށްލައިގެން ޖިންސީގުޅުން ތަކުގައި ހިފޭއްޓުމެއްނެތި ޢަމަލު ގެންދިއުމީ ބަނޑުއޮތް ދަރިޔަށް އެކަމުގެ އަސަރުފޯރާކަމެއްކަން މިޒަމާނުގެ ހުރިހައި ޑަކުޓަރުން، ޑަކުޓަރުން ކީއްކުރަންތޯ އެވެ؟ އެންމެހައި މުހައްޛިބުންވެސް ދަނެއެވެ. މިކަމުގެ ހިތި ނަތީޖާ ތަކުގެ ތެރެއިން އެެއްކަމަކީ ބަނޑުއޮތް ދަރިފުޅަށް ޖިންސީގޮތުން ނަފުސާނީ ބަލިތަކެއް ޖެހުމެވެ. އެފަދަ ޙާލަތުގައި އޮޅުމެއް ނުއޮންނާނޭފަދައިން ދަރިފުޅުގެ ޙައްޤުގައްޔާއި މަންމާގެ ޙައްޤުގައި މެދުވެރިކުޅަ ގުނާގައި މަންމާއެއްފަދައިން ބައްޕަވެސް ކުއްވެރި ވާންޖެހޭނެއެވެ.
އަދި މިހެން ނޫނަސް ޢާންމުގޮތުގައި ޖިންސީގުޅުންތައް އެކަށީގެން ނުވާ މިންވަރަށް ކުރިއަށްގެންދިއުމީ ޠަބީޢަތާއި އިދިކީލި ބަލިތައް މީހާގައި ވަރަށް ގިނަފަހަރަށް އަަށަގަންނަކަމެވެ. އަޅުގަނޑުގެ އަމިއްލަ ވިސްނުމުގައިވެސް އެބަލީގެ އެންމެ މުހިންމު ސަބަބަކީ އެއީއެވެ. އެގޮތަކީ އެކަން ޙައްދަށްވުރެ ބޮޑުވެ ޖިންސީ ޢަމަލުތައް ގިނަވާން ފެށީމާ މުޅި ޢަޞަބީ މެޝިން ލޮޑިވެގެން ހިނގައިދާނެއެވެ. ނަތީޖާއެއްގެ ގޮތުން ތަނާސުލީ މެޝިނުގެ ހަކަތާއި ބުންވަރު ދަށަށް ހިނގައިދާނެއެވެ. މިހެން އެތެރެހަށީގައި ޙަޤީޤަތްތައް ބަދަލުވަމުން ދާއިރު ޖިންސީއެދުން ހައްތާ ދާނީ އާދަޔާ ޚިލާފަށް ތޫނުވަމުންނެވެ. އެންމެ ފަހުން ޠަބީޢީ އާދައިގެ ގޮތްގޮތުން އަލާކެނޑިފައި، ހިތްގައިމުވާތަން ނާންނަން ފަށައިފާނެއެވެ. މިހެން ވީމައި ބަލިމީހާ އޭނާގެ ލޮޑުވެފައި ހުންނަ ނާރުތައް ހޭލައްވައި ހައިޖާނުކޮށްލުމަށްޓަކައި ޠަބީޢަތާ ޚިލާފުމަގަކުން ޢަމަލު ހިންގަން ޖެހިދާނެއެވެ. ޚުދު އޭނާއަކަށް މިޒާޖަށް މިޒާޖަށް އެއަންނަ ބަދަލުގެ ސަބަބެއް ނުވިސްނޭނެއެވެ. މިހިސާބަށް ދިއުމުން މުޅީން ޤުދުރަތީ ޤާނޫނާ ޚިލާފު އުޞޫލަކުން އޭނާގެ ހިތްގަނޑު ރުއްސައި ހިލިގެން އެއުޅޭ ޢާޠިފާއެއް ތައްކަތު ކުރެވޭތޯ މަސައްކަތް ކުރެވެނީއެވެ. ކުރެފޭ މަސައްކަތް ތަކުރާރުވަމުން އާދަޔަކަށް ވެދެއެވެ. އާދައަކަށް ވާއިރު އެބަލި ހުންނާނީ މިޒާޖުގައި އެކުވެގެން މަސްހުނި ވެފައެވެ. ސަލާމަތްވުން ދަތިވާހިސާބަށް ގޮސްފައެވެ. އެއްދުވަސްވަރަކު އެތެރެވަރީ ބައެއްތަންތާނގެ ގަނޑުވަރު ގަނޑުވަރުތެރޭގައި މިބަލި ފެތުރިގެން ދިޔައީ މިހެން ވެގެންނެވެ. ޔޫރަޕުގައްޔާއި އެމެރިކާގެ މަތީ ޠަބަޤާތުގައި މިހާރު މިޒަމާނުގައި އެބަލީގެ ޢަމަލުތައް ފެތުރިފައި ހުންނަނީވެސް ހަމަ މިކަމުގެ ސަބަބުންނެވެ.
ކަޅިހިންގަމުން ދާއިރު ދިމާވާ ޡުރޫފުން އަންހެނުންނާ ވަކިވެގެން ގިނަދުވަހު އެއުޅެންޖެހޭ ޖަމާޢަތްތަކުގައިވެސް އާދަޔާ ޚިލާފަށް އެކަން ހުރެއެވެ. މިސާލަކީ ހަނގުރާމައިގެ ދުވަސް ތަކުގައި ސިފައިންގެ ތެރެއެވެ. ދުރު ދަތުރުތަކުގައު ކަނޑުމަތީ ދުވަސް ގިނަވާ މީޙުންގެ ތެރެއެވެ. ޓައުންތަކުގައި އެކިޙާލާތުގައި ބަންދުކޮށްގެން އެއްތާކު ގެންގުޅެންޖެހޭ ޒުވާން ފިރިހެން ކުދީންނެވެ. ދުނިޔޭގެ އެތަން މިތާނގައި ބޭނުން ކުރަމުން ގެންދާ ބަނގުރާއާއި ގަންޖާ، ކޮކިން ފަދަ ތަކެއްޗަކީވެސް އެބައްޔަށް މަގުދައްކައިދޭ އެއްޗިއްސެވެ. ސަބަބަކީ އެތަކެތި އިސްތިޢުމާލުކުރުމުން މީހާގައި ހުންނަ ހިފޭއްޓުމުގެ ބާރާއި ޢަޒުމު ފިލައިގެން ދަނީއެވެ. ނަތީޖާއެއްގެ ގޮތުން ޖިންސީ ޣަރީޒާ ވީއްލިގެން ކޮށިން ބޭރުވެގެން އަރިއަރި މައްޗަށް ދުއްވައި ގަންނަނީއެވެ. މިބުނި ތަކެތީގެ ތެރެއިން ވަރަށް މަދުމަދުން ނަމަވެސް މިރާއްޖޭގައި އަފިހުން އިސްތިޢުމާލު ކުރެވޭ ވާހަކަ އަޑުއަހަމެވެ. ( މިއަދު ރާއްޖެމިވަނީ މަސްތުވާ އެންމެހާތަކެތީގެ ހާއްޔަކަށް ވެފައެވެ. ބޮޑު ވަބާއަކަށް ވާވަރަށް ފެތުރިފައެވެ.)
ދެން ނަޒަރު ހިންގާލަން ބޭނުމީ އެންމެ (މުހިންމު އެއް) ނުކުތާއަކަށްވާ އެފަދަ ނުރައްކާތެރި ބަލީގެ ވެރިޔާ އެބަލީން ސަލާމަތް ވުން އެކަށީގެންވޭ ބާވައެވެ؟ އޭނާ ޠަބީޢީ މަގުމައްޗަށް އެޅުވިދާނޭ ބާވައޭ؟
އަބޫ ނަވާސްގެ ޅެންބައިތުގައި އޮންނަ ފަދައިން އެބައްޔެއްގެ ޢަމަލުތަކަކުން އެބައްޔަކަށް ބޭހެއް ނުކުރެވޭނެއެވެ. މިކަމާ މެދަކު އޮޅުމެއް ނެތެވެ. އެހެންވީއިރު ބަލިމީހާ އެބަލިން ގަދަވުން އެދޭނަމަ ފުރަތަމަ ފިޔަވަޅަކީ ކޮންމެފަދަ ހުރަހެއް އަޅައިގެން ނަމަވެސް ބަލީގެ އަމަލުތަކުން ދުރުހެލިވެގެން ފިސާރިވަރުގަދަ ޢަޒުމަކާއެކު ކެއްކުރުމެވެ. ދެން އޭގެ ފަހުގައި މިޒާޖާއި ނަފުސާއިގެން ޠަބީޢަތުގެ ސީދާމަގަށް އެރޭތޯ ޠަބީޢީ ފަރުވާތަކެއް ހޯދައިގެން ޢަމަލުކުރުމެވެ.
ބަޙްޘުގެ ބައެއްއަހުލުވެރީންގެ ބަހުގައި މީހެއްގެ ޣަރީޒާ ނުއަތަށް ނުވަތަ ފުށަތައް ޖެހިއްޖިއްޔާ އެކަމުން އެމީހަކު މުޅިޢުމުރުގައިވެސް ސަލާމަތެއްނުވާނެއެވެ. އަޅުގަނޑުމެންވެސް އެއްބަހެވެ. އެއީ ނަފްސާނިއްޔާތުންނާއި މިޒާޖުން ފިލުވައިލުން ދަތިބައްޔެކެވެ. އެކަމަކު ނުފިލާނެޔޭ ނުދަންނަވާނަމެވެ. އަޅުގަނޑުގެ ޔަޤީނަކީ ނަފްސާނީ ބައްޔެއްގައި ފޯވެފައި ހުއްޓަސް ޢަޒުމެއްގެވެރި އިސްލާމެއްވިއްޔާ ފުރިހަމަ އީމާންކަމެއްހުރިއްޔާ މަސައްކަތްކުރީމާ އެބައްޔަކުން ސަލާމަތްވެ، ތައުބާވެގެން ޠާހިރުވެދާނޭކަމެކެވެ. ތަޤުވާވެރި ވުމުންނެވެ. ޢަޒުމުވަރުގަދަކުރުމާއެކުގައެވެ. ކެއްތެރިކަމުން މަޢޫނާ ހޯދަނީނަމަ އެވެ. ދެން ވަގުތުތަކާއި ޚިޔާލުތައް ފުރާލައިގެންނެވެ. ހެޔޮލަފާ މަތިވެރި މާއްދާތަކަކުންނެވެ.
މިޒަމާނުގެ ޑަކްޓަރުން މިބައްޔަށް ބޭސްކުރާކަމުގައި އިވެނީ އެބަލީގެ އަހުލުވެރީންނީ ޙައްދަށްވުރެ މައްޗަށް ޢަމަލު ގެންގޮސްގެން ސިކުނޑިޔަށް އުނިކަން އައިސް ބުއްދި ޚަލަލުވެފައިވާ ބަޔަކުގެ ސިފައިގައެވެ. ވީމާ، ބަލިމީހުންނަށް އެއުރެން ފަރުވާކުރަނީ ޢަޞަބީބަލިބައްޔަށް ފަރުވާކުރާ އުޞޫލާ ދާދި ގާތް އުޞޫލަކުންނެވެ.
ވިސްނޭގޮތުގައި މޫދުގައި ގިނައިރުވުމާއި، ޢާއްމުކޮށް ކެއުން ލުއިކުރުމާއި، ޚާއްޞަކޮށް މަސްކެއުން މަދުކުރުމާއި، ހާމަ ތަންތާގައި ނިދަން އާދަކުރުމާއި، ބޭރުމަތީގައި ގިނަގިނައިން ހިނގުމާއި، ހަށިގަނޑު ޙަރަކާތްތެރިވާ ކަސްރަތުގެ މާނައިގައި ނުވަތަ ސޫރައިގައިތެދުވާ ކަންތައްތައް ގިނަކުރުމާއި، މިފަދަކަންކަމަށް އިޙްތިރާމް ދެމުން ގެންދިޔުމީ އެބަލީން ސަލާމަތްވުމަށް ބާރުއަޅައިދޭ ސަބަބުތަކެއްކަމުގައި ވެދާނެއެވެ. ( ނިމުނީ )



kobaitha dhen huri baitha. ehbai liyefa ehaa gina dh...
އަނާއަށް ހާޓް އެޓޭކެއްޖެހި މަރުނުވިކަން ރަގަޅެއްނު
ވީއެއް ނުވީއެއް ނޭގުނު ހީވީ އަދި އެއްބައި އޮންނާނެހެން
maavah - komme meehaku komme ehche k keeas maavah ae...
varah reethi thankolheh dhwwwww