maavahinfo

Wednesday, Feb 22nd

Last update07:55:18 PM GMT

:: މާވަށާއި ބެހޭ މަޢުލޫމާތު

މާވަށް: ހައްދުންމަތީގެ "ހިތް"

a d e f g h j k l m n o

ޖުޣުރާފީގޮތުން ރަށް އޮތްތަނާއި އެހެނިހެން މަޢުލޫމާތު

ހައްދުންމަތީ މާވަށަކީ އެއަތޮޅު ހުޅަނގު ދުނީގައި މީހުން އުޅޭ އެހެން ރަށްރަށާ އެކަހެރިކޮށް އޮންނަ ރަށެކެވެ. މިރަށް އޮންނަނީ ހުޅަނގު ދެކުނު ދުނީގެ އެންމެ ހުޅަނގު އުތުރު ކޮޅުގައެވެ. މިރަށަށް މާވަށޭ ކިޔަނީ މަލެއްގެ ސިފައިގައި 3 މުއްޔަކަށް އޮންނާތީ ކަމަށްވެސް ކިޔައި އުޅެއެވެ. ނުވަތަ ރަށުގެ ކޮންމެ ފަރާތަކުން ދަތުރު ކުރިޔަސް އަބަދު އެއް ދިގުމިނެއްގައި ފެންނާތީ އިހުގެ ދަތުރުވެރީންނަށް މިއީ ޙަޤީޤަތުގައިވެސް ވަށްކޮށް އޮންނަ ރަށެއްކަމަށް ޤަބޫލުކުރެވިގެން ކިޔައިފައި އޮތްނަމަކަށް ވެދާނެއެވެ.

 

ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި އެ ރަށަށް "މާވަށް" ކިއިފައިވަނީ އެ ރަށުގައި ވަރަށް ބޮޑު ކަނޑުފަލެއް އޮންނާތީއެވެ. މި ކަނޑޫފަލާ ބެހޭ މަޢުލޫމާތު އަދުގެ ޖީލަށް ނޭނގި ހިނގައިދާނެއެވެ. ނަމަވެސް އެއީ މާވަށހުގެ ރައްޔިތުން މަސް ނުބޭނޭ މޫސުމުގައި ބަނޑުފުރާނަ މުއްތިކުރުމަށް ބޭނުންކުރި އެއް ވަސީލަތެވެ. ކަނޑުފަލުގައި ހުރި ކަނޑު ގަސްތައް ގިނަ ކަމުން އިރުގެ އަލިކަންވެސް އެތަނަށް ވަނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް މާވަށު ކަނޑުފަލަކީ އެއްވެސް ފަރާތެއްގެ އަޅައިލުމެއްނެތި ދޫކޮށްލެވިފައި އޮތުމުގެ ސަބަބުން މީހުން ގަސްކަނޑައި ހުސްކޮށްލި ތަނެކެވެ. މިއަދު އެތަން ފެންނަނީ ކިލާ ކިސަޑު ހުސް ބިމެއްގެ ގޮތުގައެވެ. ބައެއް މޫސުމަށް އޮޅުއަލަހައްދާ ބިމެއްގެ ގޮތުގައި އޮތް މި ތަންވެސް މިއަދު މިވަނީ ބައެއް މީހުން ރުއް އިންދުމުގެ ސަބަބުން ނެތި ދިޔުމުގެ ބުރާ ކުރިމަތިވެފައެވެ. ރަށު ކައުންސިލްތައް އުފެދުމުން މާވަށުގައި ކަނޑުފާ އަލުން އާލާކުރުމަށް މަސައްކަތްކުރާނެ ކަމަށް އުންމީދުކުރަމެވެ.

މާވަށް އޮންނަ ދުނީގައި މާވަށުގެ އުތުރުން އޮންނަނީ މާވަށް ކަނޑެވެ. އެދުނީގެ ދެކުނަށް ވީފަޅީގައި ވަރަށް ގިނަ ފަޅުރަށްތައް އޮވެއެވެ. މިދުނީގައި މާވަށް އޮންނަ ކޮޅުނޫން އަނެއް ކޮޅުގައި އޮންނަނީ ހިތަދޫއެވެ. ހިތަދޫއާއި މާވަށާ ދެމެދުގެ ދުރުމިނަކީ 10.5 ނޯޓިކަލް މޭލެވެ.

 

މާވަށް އޮތީ އުތުރު ޢަރުޟުން ގާތްގަނޑަކަށް 1.03  ދަރަޖަ އާއި އިރުމަތީ ޠޫލުން ގާތްގަނޑަކަށް 73.14 ދަރަޖައާ ދެމެދުގައެވެ. ރަށުގެ ވަށައިގެން ވަރަށް ބޮޑު ތިލަ ފަޅު އޮންނަ މިރަށުގެ ދިގުމިނަކީ ގާތްގަނޑަކަށް 1000 މީޓަރެވެ. ފުޅާމިނަކީ 800 މީޓަރެވެ. 1900 ވަރަށް މީހުންގެ އާބާދީއެއް އޮންނަ މާވަށުގެ ބިމުގެ ބޮޑުމިނުގައި 31.80 ހެކްޓަރ ހުރެއެވެ. މާވަށް ފަޅަކީ ރާއްޖޭގައި އެންމެ ބޮޑެތި ފަޅުތަކުގެތެރޭގައި ހިމެނޭ ފަޅެކެވެ. މި ފަޅުތެރޭގައި މާވަށުގެ ދެކުނުން އިރުމައްޗަށް ދެމިފައިވާ ފަޅުރަށްރަކުގެ ސިލްސިލާ ނިމެނީ ކުންހަންދޫ ފަސްދީ ގޮސް ހިތަދޫގެ ނިޔަލަށެވެ.

 

މާވަށާ އެންމެ ކައިރީގައި އޮންނަ ރަށަކީ މާމެންދޫއެވެ. މިދެރަށުގެ ދުރުމިނަކީ 9.5 ނޯޓިކަލް މޭލެވެ. ނަމަވެސް މާމެންދޫ އޮންނަނީ އެއްވެސް ރަށެއްގެ ފަޅާ ނުގުޅި ވަކިންނެވެ. އެންމެ ދުރު ރަށަކީ އިސްދޫއެވެ. އިސްދޫއާއި މާވަށާ ދެމެދު 25 ނޯޓިކަލް މޭލް ހުރެއެވެ. ރާއްޖޭގެ ވެރިކަން ކުރާރަށް މާލެއާއި މާވަށާ ދެމެދުގެ ދުރުމިނަކީ 137 ނޯޓިކަލް މޭލެވެ. އެއީ ގާތްގަނޑަކަށް 252.37 ކިލޯ މީޓަރެވެ.

މާވަށުގެ ޗާރޓް:

ރަށާބެހޭ ޢާއްމު ބައެއް މަޢުލޫމާތު

މޮރަސްބީގެ ޗާޓުގައި ފާހަގަކޮށްފައިވާ ގޮތުން މާވަށަކީ ފެންހެޔޮ މަދިރި ނޫޅޭ ރަށެކެވެ. އަދި އިނގިރޭސި ޗާޓުގައި "ނަގިލި ޖެހި ބަނދަރެކެވެ". މާނައަކީ ކޮންމެ މޫސުމަކަށްވެސް މާވަށު ރަށްބޭރުގައި ރައްކާތެރިކަމާއެކު ބަނދަރުކުރެވޭނެއެވެ. މިހާރުވެސް ހުޅަނގު މޫސުމުގައި އަތޮޅުގެ އެހެން ހިސާބުގައި ހުންނަ ބޯޓުފަހަރުވެސް ވިއްސާރަވެއްޖެ ނަމަ ރައްކާތެރިކަން ހޯދުމަށް  މިޞްރާބުޖަހާނީ މާވަށާ ދިމާއަށެވެ. ނަމަވެސް ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މިރަށުގައި މިހާރު ހިސާބަކަށް މަދިރި އުޅެއެވެ. ނަމަވެސް އަދިވެސް އާއްމުގޮތެއްގައި ރަށުގެ ފެން ރަނގަޅެވެ.

 

މާވަށަކީ އިހުޒަމާނުގައި ހައްދުންމަތީގެ "ހިތް" ކަމަށް ބަލައި އުޅުނެވެ. އަތޮޅުގެ އިރުމަތީ ބިތުގެ ރަށްރަށުގެ މީހުން ކާބޯތަކެތި ހޯދުމަށާއި އެހެނިހެން ބޭނުންތަކަށް މިރަށަށް ވަރަށް ގިނައިން އައިސް އުޅެއެވެ. އަދި އަދަށް ދާނދެންވެސް މާވަށަކީ ދަތުރުވެރީން ނާއި މެހުމާނުން ވަރަށް ލޯބިވާ ރަށެކެވެ. ޚުލްޤު ހެޔޮ، މެހުމާނުންނަށް ކަމޭ ހިތާ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ.

 

މާވަށު މީހުން ދިރިއުޅުމަށްޓަކައި ޒަމާނުންސުރެ ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. މަސްވެރިކަމުގެ ޞިނާޢަތު އެންމެ ބޮޑަށް ކުރިއަރައިފައިވާ ރަށަކީ ވެސް މާވަށެވެ. އަދި ދަނޑުވެރިކަމަކީވެސް ފުޅާދާއިރާއެއްގައި އެމީހުން ކޮށްއުޅުނު މަސައްކަތެކެވެ. 1960 ގެ ފަހު އަހަރުތަކަށް އެޅުނު އިރުވެސް ކުދިބަތާއި ބިންބިއާއި ޒުވާރިއާއި ދޮނޮޅަ ހައްދައިގެން ކޮށާރުތަކުގައި ރައްކާކޮށްފައި ހުރެއެވެ. މީހުން ގިނަވެ ބިން ފުރެމުން ދިއުމުގެ ސަބަބުން ކުރިން ކޮށް އުޅުނު ދަނޑުގޮވާމުގެ މަސައްކަތް ހުއްޓިފައިވީ ނަމަވެސް މިއަދު ވެސް ތަފާތު ބާވަތްބާވަތުގެ ތަރުކާރީއާއި މޭވާ މި ރަށުގައި ހައްދައި އުޅެއެވެ. މާވަށަކީ އަނބުގަސް ގިނަ ހިޔާ ބޮޑު ރަށެކެވެ. 2004 ގެ ސުނާމީގައި ގިނަ ޢަދަދެއްގެ އަނބުގަސްތަކަށް ގެއްލުން ލިބުނު ކަމުގައިވިޔަސް މިހާރުވެސް ގިނަ ޢަދަދަކަށް އަނބުގަސްތައް ރަށުތެރެއިން ފެނެއެވެ. އަދި ހުރިހައި ބާވަތެއްގެ ވަޑާމާއި އިމާރާތްކުރުމުގެ މަސައްކަތަކީވެސް އާމްދަނީ ހޯދުމަށް މިރަށު މީހުން ކޮށް އުޅޭ މަސައްކަތެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައިވެސް މިރަށު މީހުން ގިނަ ޢަދަދަކަށް ޙަރަކާތްތެރި ވަމުން އާދެއެވެ.

 

އެންމެ އިހުޒަމާނުންސުރެ މީހުން ރީތިކަމުގެ ގޮތުން ޚާއްޞަކޮށް އަންހެން ކުދީންގެ ރީތިކަމުގެ ގޮތުން މާވަށް ވަރަށް ބޮޑަށް މަޝްހޫރުވެފައި ވެއެވެ. "މާލެ، މާވަށް ނަގައިފައި ދެން އެންމެ ރީތި މީހުން އުޅެނީ ބަނޑިދޫގައެވެ." މިއީ އިހު މީހުން ކިޔައި އުޅުނު ވާހަކައެކެވެ. ބުނެވޭ ގޮތުގައި މިރަށު މީހުންގެ ދޮން އަލި ކުލަ ނަސްލީ ގޮތުން ފަރަންސޭސީންނާ ގުޅެއެވެ. އަދި މިރަށަކީ ސާފުތާހިރުކަމުގެ ގޮތުންނާއި މެހުމާނުދާރީ އަދާކުރުމުގެ ގޮތުން މިސާލެއް ކަމަށް ބުނެއުޅެއެވެ.

 

މަސައްކަތްތެރިކަމުގެ ގޮތުންވެސް މާވަށަކީ މަޝްހޫރު ވެފައިވާ ރަށެކެވެ. ހުރިހާ ބާވަތެއްގެ މަސައްކަތްތެރިކަމާއި އަތު މަސައްކަތަކީ މިރަށުގެ މީހުން ޚާއްޞަ ފަންނެކެވެ. މި ޒަމާނަށް އައި އިރު ކުންފުނި އުފައްދައިގެން ޢުމްރާނީ ޞިނާޢަތު ވަރަށް ބޮޑަށް ފުޅާވެފައިވެއެވެ. ވަޑާމާއި ސިމެންތި ގާއެޅުމުގެ މަސައްކަތް މިރަށުގައި މިހާރުވެސް ވަރަށް ފުޅާދާއިރާއެއްގައި ކުރިޔަށް އެބަގެންދެއެވެ. އަދި މިރަށު މީހުންނަކީ އަތުލިޔުމުގެ ފަންނުގައި ޚާއްޞަ ރަށެކެވެ. މިއަދުވެސް ރާއްޖޭގެ އެންމެ މަޝްޙޫރު އަތުލިޔުންތެރީންގެ ތެރޭގައި މިރަށު މީހުން ހިމެނެއެވެ.

 

ތަޢުލީމީ ގޮތުން ބެލިޔަސް މާވަށަކީ އަބަދުވެސް ހައްދުންމަތީގައި ފާހަގަކޮށްލެވޭ ރަށެކެވެ. މިއަތޮޅުގައި އެންމެ ގިނަދުވަސްވީ މަދަރުސާ ހުރީވެސް މިރަށުގައެވެ. އަދި މިހާރު މިސްކޫލްގައި މަތީ ސާނަވީ ތަޢުލީމް ދެމުން ގެންދެއެވެ. ތަފާތު ދާއިރާތަކުން މަތީ ތަޢުލީމް ޙާޞިލްކޮށްފައިވާ ޢިލްމުވެރީން މިއަދުވެސް މިރަށުގެ ދަރީންގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ އިތުރަށް ބަސްމޮށުންތެރިކަމަކީވެސް މާވަށު މީހުންގެ ޚާއްޞަ ފަންނެކެވެ. އަދި ބަހަށް ކުޅަދާނަ ބަސްވާރުން މިރަށަށް ނިސްބަތްވާކަން އެއީ މިދެންނެވި ބަހުގެ ހެތްކެކެވެ. ދިވެހިބަހަށް ޚިދުމަތް ކުރުމުގެ ގޮތުން ޢާއްމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންވެސް މިރަށު ރައްޔިތުންގެ ތެރޭގައި ހިމެނޭކަމީ މިކަމަށް އިތުރަށް ދަލީލު ލިބޭކަމެކެވެ.

 

ޞިއްޙީ ޚިދުމަތަށް ބަލާއިރު ވަރަށް ރީތި ތަނަވަސް ޞިއްޙީ މަރުކަޒެއް ރަނގަޅު ފެންވަރެއްގައި ހިނގަމުން އާދެއެވެ. އަދި އަމިއްލަ މީހަކު ހިންގާ ބޭސްފިހާރައެއްގެ ޚިދުމަތްވެސް މިރަށުން ލިބެންހުރެއެވެ. ދިވެހި ބޭސްވެރިން ގިނަ ރަށެކެވެ. ޚާއްޞަކޮށް ރާއްޖެބަލީގެ ބޭސްވެރިކަމަކީ ޒަމާނުއްސުރެ މިރަށަށް ޚާއްޞަ ދާއިރާއެއްކަމަށް ބައެއް މީހުން ޤަބޫލުކުރެއެވެ.

ކޮންމެއަކަސް މާވަށަކީ ހުރިހާ ގޮތަކުންވެސް ހައްދުންމަތީގައި މަޤްބޫލުކަން ލިބިފައިވާ ޚާއްޞަ ރަށެކެވެ. ހައްދުންމައްޗަށް ކުރާ ޒިޔާރަތެއްގައި މާވަށަށް ނުދެވިއްޖެނަމަ، އެ ދަތުރަކީ ފުރިހަމަ ދަތުރަކަށް ނުވާނެ ކަމަށް މެހުމާނުން ބުނެއުޅެއެވެ.

 

 

މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
Shameem .

ވަރަށް ފައްކާ މައުލޫމާތުކޮޅެއް. މާވަށަށް ދާހިތްވެއްޖެ.
ހަސަން .

އަސްލުވެސް އަންހެންކުދިން އެހާ ރީތިތަ؟ ޖާގައެއް ނެތްތަ
މާވަށު ކުދިން
Shameem .

އާނ! ހަސަނާ! އޮބި ނޯވޭ! ސަޅި ބިޓުން ތިބޭ ރަށެއް. އަދި ފްރީ ޒޯނެއް.
Anonymous .

its too much regardin maavah dho i agree with the ladies they were beuitiful

Maavah
Shameem .

This very informative article.
Why don't you publish such articles on other islands of the atoll.If you could do it you can later on publish a concise booklet on "Haddhunmathi Atoll" (un-official translation: "beyond the limitation)
pythagaras .

i agree, just like that. and i heard most of the ladies use fair cream to shine their faces.. and most of the ladies r not fair . believe me u dnt wanna be in that ISLAND. bt its worth to have a trip to c the island. some says if one drinks water from the hukurumiskithu valhun , he she may not go from Maavah

laisha .

maavashu anhenun thibeynee dhon vejjehyya bodaa vefa..v foni vaane nd v ehen kudhinna hiy nubai vaane
Anonymous .

vidhaahaaa ehchakee ranehnoon
wity .

salhivaane
ނަން:
އީމެއިލް:
 
ސުރުހީ: