
އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންގެ ދަތްއުނގުޅާ ބުރުސް ބަހައްޓަނީ ފާހާނެގެތެރޭގައެވެ. ނަމަވެސް މިކަމަކީ ތިމާގެ ނަފުސު ތިމާ އަމިއްލައަށް ނުރައްކަލަށް ހުށައެޅުމެއްކަން އެނގެނީ ކިތައްމީހުނަށް ބާވައެވެ؟ އެހެނީ ފާހާނާއަކީ ވަރަށްގިނަ ޖަރާސީމުތަކެއް އުފެދި ވަރަށްއަވަހަށް ނުސާފުވާތަނެކެވެ.
ފާހާނާ ފުލެޝްކޮށްލާހިނދު ފެނުގައިހުންނަ ޖަރާސީމުތައް ވައިގެތެރެއަށް ފެތުރިގަނެ ފާހާނާގެ ތެރޭގައިހުންނަ ދަތްއުނގުޅާ ބުރުހާއި އެނޫނަސް އެހެނިހެން ތަކެތީގައި ހަރުލައެވެ. މިކަން ދިރާސާކުރި ކުންފުނިން ބުނާގޮތުގައި މިގޮތަށް މައްޗަށް އަރާ ޖަރާސީމުތައް ގާތްގަނޑަކަށް ދެމީޓަރުމައްޗަށް އަރައެވެ. އަދި ފާހާނާގެ ތެރޭގައި ހުންނަ ދަތްއުނގުޅާ ބުރުސްފަދަ ތަކެތި "ނަޖިސް"ކޮށްލައެވެ.
ދިރާސާކުރާފަރާތްތަކުން ހާމަކުރާ ގޮތުގައި ފާހާނަގެ ތެރޭގައި ހުންނަ ދަތްއުނގުޅާ ބުރުހުގައި ގާތްގަނޑަކަށް ސަތޭކަމިލިއަން ބާވަތުގެ ޖަރާސީމު ދިރިއުޅެއެވެ.
މަޢުލޫމާތު؛ އަލްމުޖުތަޢު އިން



ވަރަށް ފުރިހަމަ ހަބަރެއް. އާދަމު ދަރީގެ ލިޔުންތަކަކީ މި ސައިޓަށް އިތުރު ފުރިހަމަ ކަމެއް ގެނެއ