
އާތިކާގެ ރީތިކަމާއި ކެރުމާއި ޝައުގުވެރިކަމާއި އަދި ނާޒިމްގެ އެހީތެރިކަމާއިއެކު ފިލްމީތަރިންގެ ތެރޭގައި އާތިކާގެ ނަން ވިދާލައިފިއެވެ. އާތިކާގެ ފިލްމިތައް ބެލުންތެރިންގެ ތެރޭގައި ނުހަނު މަޤްބޫލެވެ. އޭނާ ފިލްމީ ތަރިޔަކަށް ވުމަށް ކުރި ހުރިހާ އުއްމީދުތަކެއް ފުރިހަމަވީއެވެ. ހަޔާތުގެ ހުރިހާ ބޭނުމެއް ، ދިރިއުޅުމުގެ ހުރިހާ ކަމެއް ފުރިހަމަވީއެވެ. އޭނާގެ ދުނިޔެއަކީ މަޖަލެވެ. އުފަލާއި ހިތްހަމަޖެހުމެވެ. ކޮންމެދުވަހެއްގެ އިރުއަރަނީ ކޮންމެވެސް ރިޒޯޓަކަށް ނުވަތަ ޕާޓީއަކަށް ލިބޭ ގިނަ ދަޢުވަތުތަކަކާއި އެކީގައެވެ. ޒުވާން ފިރިހެންކުދިންގެ ނަޒަރު ހުއްޓިފައިވަނީ އާތިކާގެ ރީތި އަދި ޅަނދޮޅު ހަށިގަނޑަށެވެ. ހެދުން އެޅުމުގައި ޙާއްސަގޮތެއް ބެހެއްޓުމަކީ އާތިކާ ވަރަށް ސަމާލުކަންދޭ ކަމެކެވެ. ބޭނުމަކީ ގިނަމީހުންގެ ސަމާލުކަމެވެ. ތައުރީފުގެ ބަސްތަކެވެ. ޙާއްސަކޮށް ނާޒިމްގެ ދުލުން ތައުރީފުގެ ޖުމްލައެއް އަޑުއަހާލުމަށް އަތިކާ ވަނީ ކެތްމަދުވެފައެވެ.
އާތިކާ ޔަޤީން ކުރާ ގޮތުގައި ނާޒިމް އަދި އާތިކާއަށް ލޯބި ހުށައަޅާނެއެވެ. ނަމަވެސް އާތިކާއަށް، އާތިކާގެ ރީތިކަމަށްޓަކައި ނާޒިމްގެ ހިތުގައި ރެވިއޮއްޓަރެއްގެ މިންވަރުވެސް ނުވެއެވެ. ނާޒިމްގެ ހިތުގައި އާތިކާއަށްޓަކައި ވަނީ ނަފްރަތެވެ. ބަދު ދުޢާތަކެވެ. ހަގީގަތަކީ މިއީކަމަށްވިޔަސް ނާޒިމްގެ ބޭރުފުށުން އާތިކާއަށް ފެންނަނީ އިހުލާސްތެރިކަމެވެ. އާތިކާ ގަބޫލުކުރާ ގޮތުގައި ނާޒިމް އެހުންނަނީ އޭނާގެ ކޮންމެ އުފަލަކަށްވެސް ގުރުބާންވޭވެ އެވެ. އޭނާ ފިލްމީ ދާއިރާއަށް ނެރެދިނުމަށްވެސް އޭނާ ކިހާ މަސައްކަތެއް ކުރިހެއްޔެވެ؟
މިއީ ޚުދު ނާޒިމްވެސް ބޭނުންވާ ގޮތެވެ. އޭނާގެ މަޤްޞަދު ޙާސިލްކުރުމަށް އާތިކާގެ އިތުބާރު ބޭނުންވެއެވެ. އެކަމަށްޓަކައި މިގޮތަށް އުޅެން ނާޒިމަށް މަޖުބޫރެވެ. ނާޒިމް ބޭނުންވަނީ އާތިކާގެ ކިބައިން ބަދަލު ހިފާށެވެ. ނާޒިމްއަށް އާތިކަ ދިން ހިތާމައިގެ ބަދަލެއްގެ ގޮތުންނެވެ. ނާޒިމްގެ ސިކުނޑީގައި އެބުރެމުންދަނީ މާޒީގެތެރެއިން ކޮންމެވެސް ހާދިސާތަކެކެވެ.
އެއީ މީގެ 5 އަހަރު ކުރިއެވެ. ތަމްސީލުވަމުންދަނީ ނާޒިމްއާއި އާތިކާގެ ލޯބީގެ ދުވަސްތަކެވެ. ނާޒިމްގެ ހަޔާތުގެ ރަންޒަމާނެވެ. ދެކުދިންގެވެސް ތަޢުލީމީ ޙަޔާތެވެ. އެލޯބީގެ އެންމެ އަސަރުގަދަ ހިނދުކޮޅުތަކެވެ. ނާޒިމް އާތިކާދެކެ އިންތިހާއަށް ލޯބިވިއެވެ. އާތިކާވެސް ބުނަމުންއައީ ހަމަ އެކަހަލަ ޖުމްލަ ތަކެކެވެ. "ނާޒިމްއެވެ. ވަރަށް ލޯބިވެއެވެ. ދުވަހަކުވެސް ދެގޮތެއް ނުވާނަމެވެ. މީ ނާޒިމްގެ މިލްކެކެވެ. މުޅި ޢުމުރަށެވެ. އާތިކާ ދޫކޮށްނުލައްޗެވެ. އާތިކާއަށް ވަފާތެރިވެދެއްޗެވެ". މީ ނާޒިމްގެ ހިތަށް އެންމެ އުފާވެރިކަން ގެނެސްދިން ޖުމްލަތަކެވެ.
ދެކުދިން އެކަކު އަނެކަކާއި ވަކިނުވުމަށް އެތައް ހުވާތަކެއް ކުރިއެވެ. ރީތި ގޮނޑުދޮށްތަކާއި ހަމަހިމޭން މާޙަވްލުތަކުގައެވެ. ހިތްގައިމު ފަތިސްތަކާއި ފުރަމެންދަން ތަކުގައެވެ. ނާޒިމް އުއްމީދުކުރީ އާތިކާގެ މީރުވަސްދުވާ ދިގު އިސްތަށިގަނޑުގެ ހިޔަލުގައި މުޅިއުމުރު ހޭދަކޮށްލުމަށެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެއުފާވެރި ހުވަފެނުން ނާޒިމްއަށް ހޭލެވިއްޖެއެވެ. އާތިކާ ދުރުވެއްޖެއެވެ. މަންޒަރު ބަދަލުވެއްޖެއެވެ. ނާޒިމްގެ ދުނިޔެ އަނދިރިވެއްޖެއެވެ. މުދަލާއި ފައިސާއަށްޓަކައި ނާޒިމްގެ ލޯބީގައި ކޮޅުފައިންޖެހީއެވެ. ލޫޓުވާލެވިފައިވާ އިންސާނެއްފަދައިން ނާޒިމް ދުވަސްތަށް ހޭދަކުރަންފެށިއެވެ.
ނާޒިމްއަށް މިއައި ބޮޑުބަދަލުގެ ސަބަބުން އެންމެބޮޑު އަސަރެއްކުރީ ނާޒިމްގެ މަންމައަށެވެ. ބައްޕައަކާއި ނުލައި އެކަނިމާއެކަނި ގެންގުޅެ ބޮޑުކުރި މޭގެއެތިކޮޅު އެޙާލުގައި ވާތަން ދެކޭކަށް މަންމައަކަށް ކުޅަދާނައެއް ނުވިއެވެ. އެ މަންމަ ނާޒިމް ގެންގުޅެ ބޮޑުކުރީ ލެއާއި ދަލުން ޤުރުބާންވެގެންނެވެ. އެންމެފަހުން ހިތުގެ ބަލިމީހެއްގެ ގޮތުގައި ޢުމުރުގެ ފަހުދުވަސްތައް ގުނަމުންދިޔަ މަންމަ މިދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. ލޯބިވާ ދަރިފުޅުގެ ހިތާމަތައް މަންމައަށް އެނގެއެވެ. ނަމަވެސް އެދރިފުޅަށްޓަކައި ކަރުނައެޅުން ފިޔަވައި މަންމައަށް ކޮށްދެވޭނީ ވަކި ކޮންކަމެއް ހެއްޔެވެ؟
ނާޒިމްއަށް ހަމަވިސްނުނީ މަންމަގެ ވަކިވުމާއި ގުޅިގެންނެވެ. ލޯ ހުޅުވުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. އޭނާ ކިހާ މޮޔަހެއްޔެވެ؟ ކިހާ ނުވިސްނޭ ހެއްޔެވެ؟ ކުޑަކުއްޖެއް ފަދައިން މަންމަގެ އުނގުގައި ބޯއަޅާލައިގެންއިނދެ ކިހާރުއިމެއް ރުއިހެއްޔެވެ؟ އަމިއްލަ ހިތާމަތައް މަންމައަށް ސިއްރުނުކުރީ ކީއްވެހެއްޔެވެ؟
ވަގުތަކީ ހުރިހާކަމެއްގެވެސް ފަރުވާއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަހެން ނާޒިމްގެ ޒަހަމްތައްވެސް އައީ ފަސޭހަވަމުންނެވެ. ހެޔޮއެދޭ މީހުނާއި ރަޙުމަތްތެރިންގެ ނަސޭހަތާއި ހިއްވަރުންނެވެ. ނާޒިމް އަޒުމްކަނޑައެޅިއެވެ. އާތިކާ ކަހަލަ ބޭވަފަތެރިއަކަށްޓަކައި އޭނާގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ދެން ވައްޓާނުލުމަށެވެ.
ދުވަސްކޮޅެއްފަހެވެ. ޖާހާ މުއްސަދިކަމަށްޓަކައި ނާޒިމްގެ ލޯބީގައި ކޮޅުފައިންޖެހި އާތިކާއަށް ނާޒިމްގެ ލޯބީގެ އަގުވަޒަންކުރެވިއްޖެއެވެ. މަޢާފަށްއެދި ދެވަނަފަހަރަށް ލޯބި ހުށައެޅިއެވެ. ނަމަވެސް ނާޒިމްހުރީ ނެގިގާގަޑަށް ބޮލިއެރީމާ ދެވަނަފަހަރަށް އެގާގަނޑު ފޮރޮޅާލާކަހަލަ ވިސްނުމެއްގައެއް ނޫނެވެ. ނާޒިމްބުނަމުންއައީ އަހަރެން އަބަދުވެސް އާތިކާއަށް ހެޔޮއެދެމެވެ. ލޯބިވަމެވެ. އެކަމަކު ދެން އާތިކާގެ ޙަޔާތަށް ނާޒިމްގެންދަން ނޫޅޭށެވެ. މިދެމެދަށް ލޯބީގެނަންވެސް ނުގެންނާށެވެ. މީ ނާޒިމްގެ ވާހަކަ ހުރިގޮތެވެ. ޙަޤީޤަތަކީ އޭރު ނާޒިމް އާތިކާދެކެ ލޯބިވީވަރަށް މިހާރު އާތިކާއަށް ނަފުރަތު ކުރާކަމެވެ. އާތިކާގެ ގައިގައި ފިރުމާ ހެދިވަރަށް އަނިޔާވެރިވާން ބޭނުންކަމެވެ. އަދި ހަމަ......................... އާތިކާ ނާޒިމްގެ ކަރުބުޑުގަައި ލެއްވި ހިތިރަހަ އެއަށްވުރެންވެސް ބޮޑަށް އާތިކާގެ ކަރުބުޑުގައި ލެއްވުމަށް ނާޒިމް އަޒުމްކަނޑައަޅާފައި ވާކަމެވެ. ތެދެކެވެ. އާތިކާ ފިލްމީދާއިރާއަށް ނެރެދިނީ ހަމަ ނާޒިމްއެވެ. އެއީ ފެށުމެކެވެ. މަޤްޞަދު ހާޞިލްކުރުމަށް ފެށުމެއް ބޭނުންވާނެތީއެވެ. ނާޒިމްގެ ޚިޔާލީ ސިލްސިލާ ނިމުމަކަށް އަައީ ކޮންމެވެސް މީހަކު ނާޒިމްއަށް ގޮވާލުމުންނެވެ.
ހެލޯވ.. ނާޒިމް.. ހޭލާއޮވެގެން ހުވަފެންބަލަނީތަ...؟ މޫނުމައްޗަށް ތިޖައްސަނީ ކޮންވައްތަރުތަކެއްތަ؟
އޯވހް ގޯރޑް.... ނާޒިމް އޭނާގެ މުއްކަވާލައިފައިވާ އަތްތިލަ ހުޅުވާލަމުން ޖޯލީގައި ރަނގަޅަށް ހަމަޖެހިލިއެވެ.. އަސްތާ..
- ނުނިމޭ -


kobaitha dhen huri baitha. ehbai liyefa ehaa gina dh...
އަނާއަށް ހާޓް އެޓޭކެއްޖެހި މަރުނުވިކަން ރަގަޅެއްނު
ވީއެއް ނުވީއެއް ނޭގުނު ހީވީ އަދި އެއްބައި އޮންނާނެހެން
maavah - komme meehaku komme ehche k keeas maavah ae...
varah reethi thankolheh dhwwwww