maavahinfo

Saturday, May 19th

Last update10:58:41 PM GMT

:: ކައްޑެވި (2 ވަނަ ބައި)

ކައްޑެވި (2 ވަނަ ބައި)

E-mail

22 ޖޫންގެ އަދަދާއި ގުޅޭ.....

ދާދާ: އެއޮށް އަންނަނީ ރިކްގެ ކަންފަތުން ލެއި..... އޭ ރިކް.... އޭ ރިކް ފޭކްޖައްސަނީކީ ނޫން...

ހަމަ ސީކޮށް އޭނައަށް ގޮތެއްއެބަވޭ.

 

ހުރިހައިއެންމެން މުބާރިކަށް ސަމާލުވިއެވެ. އޭނާގެ އަތްފައިގައި ހިފެހެއްޓިއެވެ. ދަތްތައް ކާތާވަރުން އަނގަހުޅުވާލިވަގުތު ބަލާފައި ހިމަ ދަނޑިކޮޅެއް ލެއްވިއެވެ. ފެން ފުޅިއެއް ހިފައިގެން އައިސް އޭނާގެ ބޮލަށާއި ގަޔަށް އޮއްސާލިއެވެ. އެންމެން ހާސްވެގެން ތެޅެންފެށިތާ ކުޑަހިނދުކޮޅެއްގެ ތެރޭގައި މުބާރިކް ހެއިފިލާދިޔައެވެ. އެހެނަސް ކުޑަ ހިނދުކޮޅެއްފަހުން އޭނާގެ ލޯ ހުޅުވާލިއެވެ.

ފޭޓް ޓް ބްލެކް

ޓެންޓް ކައިރި (ކުޑަ އިުކޮޅެއް ފަސް)

ނޫކުލައިގެ ލޮރީއެއް ދުންޖަހާފައި އައިސް މަޑުކޮށްލިއެވެ. ލޮރީ ދުއްވަން އިނީ ޒުވާން ކުއްޖެކެވެ.

ވާޑު: އެއޮއް އައީ ހަސަނު ....... ދާދާ ދޯ ދަނީ މުބާރިކާއެކު ހޮސްޕިޓަލަށް؟؟؟  ..... އޯކޭނު އެހެން މީހަކު ނުދިޔަސް.... ހަސަންވެސް ހުންނާނެނު؟

ދާދާ: އާނ އޯކޭ... އެކަމު އެޑްމިޓްކޮށްފިއްޔާޔޯ؟

ވާޑު: އެޑްމިޓް ކުރިއްޔާ ކުރީމަ އެނގޭނީ ދެން ހަދާނެގޮތެއް! މިވަގުތު މުބާރިކް އެހާ ސީރިއަސް ނޫނަސް  އަދިވެސް ކަންފަތުން އެބަ ލޭއާދޭދޯ؟

މުބާރިކް: ވާޑުމެން ހާދަކަންތައްތައްތި ބޮޑުކޮށްލީ!..... މީ އެހާވަރުކަމެއްތަ؟  ..... މިހެން ކަންފަތުން ލެއި އައިސްދާނެނު.... އެހެން ނޫނަސް ކަންފަތަށް ތަދެއްވެސްނުވޭ.... ދެން ކީއްކުރަން ހޮސްޕިޓަލަށް ދާންވީ؟

މޯޑު: (ތަންކޮޅެއް ދުރުގައި ކުރޮޅި މަށަން ހުރެފައި) އަދިވެސް ރިކް ގޮތްދޫކުރާކަށް ނުވޭތަ؟ ދެންމެވެސް ކިރިޔާ ބިރުން ހަލާކުނުވީ! ކިހާވަރެއްވިތަ ކަލެޔަށް؟

މުބާރިކް: މަށަށް އެހާވަރުވިތަ؟

އެވަގުތު އެތަނާ މާދުރުނޫން ހިސާބުގައި ފަންތަކެއް ފަތުރަމުންދިޔަ ސާއްޖޭ މުބާރިކްގެ ވާހަކަށް ސަމާލުވިއެވެ. މުބާރިކު އިން ހިސާބަށް ޖެހިލަމުން ފޯނު ނަގައި ފޯނުން އެއްޗެއް ހޯދާލަމުން މުބާރިކަށް ފޯނުދެއްކިއެވެ.

ސާއްޖޭ: ނުނޭ ކައެއަށްވާ ގޮތެއްނުވޭ! ..... ބަލާބަލަ މި ވީޑިއޯ

އެންމެންނަށް ހައިރާންކަން ލިބިގެން ދިޔައެވެ. މުބާރިކް ސީރިއަސްވެގެން އުޅުނުވަގުތު ސާއްޖޭ މި ވީޑިއޯއެއް ކުރިކަމެއް އެއްވެސް ކުއްޖަކަށް ނޭގެއެވެ.

އެންމެން ވީޑިއޯ ބަލަންފެށިއެވެ. އެވަގުތު ޓެންޓް ޖެހުމާއި ފަން އެތުރުމާއި ކާޅިވަށް ތައްޔާރުކުރުމުގައިތިބި ކުދިންކޮޅުވެސް އެ ދިމާއަށް ބޮނޑިވާންފެށިއެވެ.

ޝިއްބު: އޭތް... ތިހަދާއެއްޗެއް ހަދާފަ ހިނގާބަލަ ކުރަންހުރި ތައްޔާރީތައް ކޮށްނިންމާލަން.... ކޮބާތަ މަސްބާނަންދާން ތައްޔާރުވި މޯޑޭ... ވާޑު ކައޭ ލީޑްނަގާބަލަ ... އަންމަޑޭވެސް ނައެއްނު؟

އެވަގުތު ވާޑުގެ ފޯނު ރިންގުވާންފެށިއެވެ. އަވަހަށް ފޯނުނަގައި ޑިސްޕްލޭއަށް ބަލައިލިއެވެ.

ވާޑު: ނޫނޭ މީހުންގެ އުމުރުވެސް ދިގުކަންނޭގެ... މިއޮއް ގުޅަނީ އައްމަޑޭ...

ހެލޯ.. އާނ ކީކޭ އަންމަޑޭ؟

އަޙްމަދު: (ވޮއިސް އޯވަރ) އޭ ވާޑު ސޮރީ އިނގޭ.. މިރޭ ފްލައިޓް ނަގަންޖެހުނީއޭ ކުއްލިއަކަށް ...... ކޮބާ ކިހިނެއްތަ ބޭވޮޗް؟؟

ވާޑު: ކިހިނެއްތަވާނީ .... ބަސް ޤަބޫލުނުކުރާމީހުންނާ ބޯހަރު މީހުނާ... ބަނޑަށް ޖެހިގެން އުޅޭ މީހުން ދަތުރު އައިމަ!

އައްމަޑޭ: (ވޮއިސް އޯވަރ) ހައިތެރީ.... ހާދަވަރެއް؟ ކިހިތެންތަ ވެގެން ތިއުޅެނީ؟

ވާޑު: މުބާރިކްގެ ކަންތައް މާބޮޑީ (ކަން ހިނގާދިޔަގޮތް ކިޔާދޭންފެށިއެވެ.)

ފޭޑް ޓް ބްލެކް

 

ފޭޑް އިން

އަނދަމުންދިޔަ އަލިފާންގަނޑަށް ޒޫމް އިންކޮށްފައި މަޑުމަޑުން އައުޓްކުރަމުންގޮސް ޝޮޓް ވައިޑްކޮށްލައެވެ. އޭރު މުޅި އެހިސާބު ވަރަށް ރީތިކޮށް ދިއްލާލެވިފައި ވެއެވެ. މުޅި އެސަރަހައްދުގައި ކާޅިވައްތައް ދިއްލާފައި ހުއްޓެވެ. ޖަހާފައިހުރި އަލިފާންގަނޑާއި ތަންކޮޅެއް ދުރުގައި ޖަހާފައިހުރި އަނގުރު އަލިފާންގަނޑުމަތީގައި އުލަށް ޖަހާފައިހުރި ހައެއްކަ މަސް ފިހެމުން ދެއެވެ. ހުރިހައި އެންމެންވެސް އަވަދިނެތި ކެއްކުމާއި މަސްފިހުމައިގެން އަވަދިނެތި އުޅެމުންދެއެވެ.

- ނުނިމޭ -

 

މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
Raaidhu .

ey v salhi film balaahei veje
ނަން:
އީމެއިލް:
 
ސުރުހީ: