
އެޕަލްގެ އައިފޯނަކީ މިހާތަނަށް އެޕަލްއިން އުފެއްދި އެންމެ ކާމިޔާބު ޕޮރޮޑަކުޓަށް ވުމުގެ އިތުރުން އަޅުގަނޑުމެންގެ ތެރޭގައިވެސް އެންމެ މަޤުބޫލު ފޯނުކަން ޔަގީނެވެ. ނަމަވެސް މި ފޯނު ގެނަގުޅޭއިރު އާދައިގެ އެހެން ފޯނުންތަކުން ފަހޭހައިންވާ ކުދިކުދި ބައެއްކަންތައް ކޮށްލުން މިސާލަކަށް ބުލޫޓޫތުން އެއްޗެއް ފޮނުވާލުން، އެމް.އެމް.އެސް އެއް ކޮށްލުން ފަދަ ކަންތައްތައް ކުރުމުގައި ދަތިތަކާއި ދިމާވާކަން ފާހަގަ ކުރެވެއެވެ. އެއީ އައިފޯނުގައި މިކަހަލަ ކަންތައްތައް ކޮންމެސް ބާވަތެއްގެ އެޕުލިކޭޝަނެއްގެ އެހީގައި ނޫނީ ކުރަން އުދަގޫވުމާއި އަދި މިބާވަތުގެ އެޕުލިކޭޝަންތަކުގެ ލައިސަންސު ކޯޑު ގަނެގެން ނޫނީ މިއެއްޗެހި ފުރިހަމަޔަށް ވޯކު ނުކުރުން ނުވަތަ ކުރު މުއަދަތެއްގެ ތެރޭގައި ޑެމޯވާރސަން އެކުސްޕަޔަރ ވުން ކަހަލަ ކަންތައްތައް ދިމާވާތީއެވެ.
މިގޮތުން މިފަހަރު މިބަލާލަނީ އައިފޯނުގެ ބުލޫޓޫތަށެވެ. އައިފޯނުގެ ބުލޫޓޫތުގެ އެކިއެކި އެޕުލިކޭސަންތައް ކޮންމެސްވަރަކަށް މަދުމަދުން ފެނެއެވެ. އެހެންނަމަވެސް ހިތްހަމަޖެހޭ ކަހަލަ ރަނގަޅު އެޕުލިކޭޝަނަކާ ދިމާވީ ތަންކޮޅެއް ފަހުނެވެ. ކުރިން ދިމާވި ބައެއް އެޕުލިކޭސަންތަކުގައި ބައެއް މައްސަލަ، މިސާލަކަށް ހަމައެކަނި އައިފޯނެއް ނޫން ފޯނަކަށް މި ފޯނުގައި ހުންނަ ބުލޫޓޫތުން ސެއަރ ނުވުން ކަހަލަ ކަންތައްތަކާއި ވެސް ދިމާވިއެވެ.
އައިބުލޫ ނޯރވާރ (iblueNova ) އަކީ މިގޮތުން މިކަންތައް އަޅުގަނޑަށް އެންމެ ފަސޭހައިން ހައްލުކޮށްލެވުނު އައިފޯނުގެ އެޕުލިކޭޝަނެވެ. އައި ބުލޫނޯވަރ އިން ހުރިހާ ވައްތަރެއްގެ ފޯނަކަށްވެސް އެއްޗެހި ސެންޑު ކޮށް ރިސީވް ކުރުމުގައި އެއްވެސް ދަތިކަމެއް ނާދެއެވެ. ނަމަވެސް އައިބުލޫ ނޯރވާ އިންސްޓޯލު ކުރި އިރު ކުރިން ބުނިހެން އެއްކަލަ ލައިސަންސުކީކޯޑުގެ މައްސަލަ އަނެއްކާވެސް ކުރިމަތި ވިއެވެ. އެހެންކަމުން މި މައްސަލަ ތަފާތު ސައިޑިއާ ސޯސްތައް ޗެކު ކޮށްގެން އަޅުގަނޑަށް ހައްލެއް ލިބުނުގޮތް މިއަދު ތިޔަބޭފުޅުންނާއި ހިއްސާ ކޮށްލާނަމެވެ.
އެންމެފުރަތަމަ ސައިޑިއާ ހުޅުވާށެވެ.
- ސައިޑިއާ ހުޅުވުމަށްފަހު ސައިޑިއާގެ ތިރިން މެނޭޖް ( Manage ) ނަންގަވާށެވެ.
- މެނޭޖު ނެގުމަށް ފަހު ދެން ފެންނަން އިންސްކުރީނުން ސޯރސަސް (Sources) ނަންގަވާށެވެ.
- ސޯސަސް ނެންގެވުމަށްފަހު މިހާރު ފެންނަން އިން ސުކުރީނުގެ ކަނާތްފަރާތު މަތީ ކަނުގައިވާ އެޑިޓް ( Edit ) އަށް ދާށެވެ. އެޑިޓަށް ދިއުމުން މިހާރު ވާތްފަރާތުން ކުރިން އިން މެނޭޖުގެ ( Manage ) ބަދަލުގައި އެޑު ( Add ) މިހެން ފެންނަން އިންނާނެއެވެ. އެޑު ނަންގަވާށެވެ.
- “Add” ނެންގެވުމުން ސޯރސް ލިޔަންވީ ގޮޅި ޕޮޕްއަޕެއް ގޮތައް ފެންނަން އިންނާނެއެވެ. އަދި މިގޮޅީގައި(http://www.sinfuliphonerepo.com) މިހެން ލިޔެލާށެވެ. ދެން “Add Source” އަށް ގޮސް މިސޯރސް އެޑު ކޮށްލާށެވެ. މިސޯސް ފޯނަށް އެޑު ވުމުން “Done” ނަންގަވާށެވެ.
- އެއަށްފަހު ކުރިން އެޑުކުރި ސޯރސް މިހާރު ފެންނަން އިންނާނެއެވެ. އަދި މިސޯރސް އަށްދާށެވެ. އޭރުން ބައިވަރު އެޕުލިކޭޝަން ތައް ފެންނަން ހުންނާނެއެވެ. އަދި “iblueNova Cracked” ހޯދުމަށްފަހު ފޯނަށް އިންސްޓޯލް ކޮށްލާށެވެ. ނުވަތަ ސާރޗަށް ގޮސް މި އެޕުލިކޭޝަން ހޯދުމަށްފަހު ފޯނަށް އިންސްޓޯލް ކުރިޔަސް ރަނގަޅުވާނެއެވެ. އެހެންނަމަވެސް ކުރީންބުނި ނަމުގައި ( iblueNova Cracked ) އިން އެޕުލިކޭޝަން އިންސްޓޯލް ކުރަން ހަނދާން ކުރާށެވެ.
- ތިރީގައި މިވަނީ ބައެއް ސްކްރީން ތަކެވެ.




kobaitha dhen huri baitha. ehbai liyefa ehaa gina dh...
އަނާއަށް ހާޓް އެޓޭކެއްޖެހި މަރުނުވިކަން ރަގަޅެއްނު
ވީއެއް ނުވީއެއް ނޭގުނު ހީވީ އަދި އެއްބައި އޮންނާނެހެން
maavah - komme meehaku komme ehche k keeas maavah ae...
varah reethi thankolheh dhwwwww