maavahinfo

Saturday, May 19th

Last update10:58:41 PM GMT

:: ވާހަކަ ބޯޅަ – ކިޔުމުގެ ދޭހަ އަށަގެންނެވުމަށް ކުޅެވިދާނެ ކުޅިވަރެއް

ވާހަކަ ބޯޅަ – ކިޔުމުގެ ދޭހަ އަށަގެންނެވުމަށް ކުޅެވިދާނެ ކުޅިވަރެއް

E-mail

މި ކުޅިވަރަކީ ފަށާ ތަޢުލީމުގެ ކިލާސްތަކުގައި އުނގެނެމުންއަންނަ ދަރިވަރުންނަށް އަމާޒުކުރުން ރަނގަޅުވާނެ ކުޅިވަރެކެވެ.

ޚާއްޞަކޮށް ފުރަތަމަ ގްރޭޑާއި ދެވަނަ  ގްރޭޑްގެ ދަރިވަރުންނަށް ވަރަށް އެކަށީގެންވާނެ، ފައިދާ ކުރުވަނިވި ކުޅިވަރެކެވެ. މި ކުޅިވަރު ކުޅުމަށްޓަކައި މާގިނަ ސާމާނުތަކެއް ނުވަތަ އާލާތްތަކެއް ބޭނުމެއްނުވާނެއެވެ.

 

ބޭނުންވާނެ ތަކެތި

  • ދިގު ފިތް ޖެހި ބޯޅައެއް (ފޮޓޯ ގައި އެވަނީ މިފަދަ ބޯޅައެއް)
  • ވޮންޑަރމާރކަރެއް
  • ގްރޭޑް އެކެއްގެ ކޯރީޑަރ ފޮތެއް (ނުވަތަ އެ ގްރޭޑަކާއި ގުޅޭ ފެންވަރުގެ ވާހަކަ ފޮތެއް)
  • ފަންސުރު
  • އެގްޒަމިނޭޝަން ޕޭޑްގެ ކަރުދާސް

ކުޅޭނެގޮތް

އަޅުގަނޑުމެންގެ ދަރިވަރުން ފޮތް ނުވަތަ ވާހަކައެއް ކިޔަމުންދާއިރު އެ ކިޔަމުންދާ އެއްޗެއް ފަހުމު ނުވުމުގެ މަައްސަލައާއި ކުރިމަތިލާން ޖެހޭހެއްޔެވެ؟ ކިޔުމުގެ ދޭހައިގެ ހުނަރު އިތުރު ކުރެވޭނީ ގިނަގުނަ ފަރިތަކުރުން ތަކެއް ހަދައިގެންނެވެ. ބުރަކޮށް މަސައްކަތް ކޮށްގެންނެވެ. އަދި ކިޔުމުގެ ދޭހައެއް ހެދުމަކީ ވަރަށް ބުރަކަމެއް ކަމުގެ އިޙްސާސް ދަރިވަރުންނަށް ނުކުރެވޭނެފަދަ ޙިކްމަތްތެރި ގޮތަކަށް މިފަދަ ފިލާވަޅުތައް ކުރިއަށް ގެންދިޔުން މުހިންމެވެ. އެހެންކަމުން ކުރިން ދެންނެވި ފަދަ އެކަށީގެންވާ ވާހަކައެއް އިޚްތިޔާރުކޮށް، އެވާހަކަ ކިޔުމަށް ދަރިވަރުންނާއި ޙަވާލުކުރާށެވެ. ވާހަކަ ކިޔައި ނިމުމުން ކުރަން އުޅޭ ކަންތަކުގެ ވާހަކަ ވިދާޅުވެދެއްވާށެވެ. މިސާލަކަށް: [މުދައްރިސް މިއުޅެނީ ތިކުދިން ވާހަކަ ކިޔަމުންދާއިރު ވާހަކައިގައި ބުނާއެއްޗެއް ފަސޭހައިން ހަނދާނުގައި  ބެހެއްޓުމަށް އެހީތެރިވެދޭނެފަދަ ކުޅިވަރެއް ކުޅޭށެވެ.] މިފަދަ ޢިބާރާތްކޮޅެއް ބޭނުންކުރެވިދާނެއެވެ. އެއަށްފަހު އަންނަނިވި ފިޔަވަޅުތައް ކުރިއަށް ގެންދާށެވެ.

 

ފިޔަވަޅު 1

ފަހަރަކު ކުއްޖެއްގެ އަތަށް ބޯޅައާއި މާރކަރު ދެއްވާށެވެ. އަދި ކޮންމެ ކުއްޖަކުވެސް ބޯޅައިގެ ކޮންމެވެސް އެއް ފިތުގައި އަންނަނިވި ސުވާލުތައް ފަދަ ސުވާލެއް ލިޔެލުމަށް އިރުޝާދު ދޭށެވެ. ވާހަކަައިގެ ބާވަތާއި ވައްތަރުން ސުވާލުތައް ތަފާތުކުރައްވަން ޖެހިދާނެކަން ހަނދުމަފުޅު ބަހައްޓަވާށެވެ.

[ކޮންތާކު؟]

[ކާކު؟]

ވާހަކަ ނުވަތަ ކަމެއްގެ     [ފެށުން؟]

[މައިގަނޑު؟]

[ނިންމުން؟]

[އެންމެ ކަމުދިޔަ ބައި؟]

 

ފިޔަވަޅު 2

ފިޔަވަޅު އެކެއްގައިވާ ގޮތަށް ބޯޅައިގެ ހުރިހާ ފިތްތަކެއްގައި ސުވާލުތައް ލިޔުމަށްފަހު ދަރިވަރުން ގޮވައިގެން ގަހެއްގެ ހިޔަލަށް ނިކުންނަވާށެވެ. ގޮނޑިތައް ހިފައިގެން ނުކުންނެވުމަށްވުރެން މިފަދަ ޙަރަކާތްތައް ކުރިއަށް ގެންދެވުމަށް ބޮޑަށް ރަނގަޅުވާނީ ކޮޅަށް ތިއްބެވުމެވެ. ބޭރަށްނުކުމެ ވަށްބުރަކަށް ކުދިންތައް އަތުރާލުމަށްފަހު، މުދައްރިސް ބުރުގެ މެދުގައި ހުންނަވައިގެން ފަހަރަކު ކުއްޖަކާއި ދިމާއަށް ބޯޅަ އުއްކަވާށެވެ. އަދި ދަރިވަރުން ބޯޅަ ހިފާއިރު [ކަނާތް] ޖެހިފައިވާ ފިތުގައިވާ ސުވާލު ކިޔުމަށްފަހު އެސުވާލުގެ ޖަވާބު ދިނުމަށް އިރުޝާދުދެއްވާށެވެ. މިސާލަކަށް: ވާހަކައިގައިވީ ކިހިނެތް ހެއްޔެވެ؟ ވާހަކައިގައި އުޅޭ މުހިންމު ސަޚްޞިއްޔަތުތަކަކީ ކޮބާހެއްޔެވެ؟ ކާޅުގެ އަނގައިގައި އޮތް ޕާންފޮތި ވެއްޓުނީ ކީއްވެގެން ހެއްޔެވެ؟ ހަކީމަށް ލަނޑުލިބުނީ ކީއްވެގެން ހެއްޔެވެ؟ ވާހަކައިގެ ފެށުމުގައި، މައިގަނޑުގައި ނުވަތަ ނިމުމުގައި ވީ ކިހިނަކުން ހެއްޔެވެ؟ އެންމެ ކަމުދިޔައީ ކޮންބައެއް ހެއްޔެވެ؟ ބޯޅަ އެއްލުން އަވަސްކުރިވަރަކަށް ކުޅިވަރުގެ ފޯރިހިފާނެއެވެ. ޖަވާބުދޭން ނޭގޭނަމަ ނުވަތަ އުނދަގޫވެގެން އުޅޭނަމަ ޖަވާބު ފަސޭހަކުރުމަށް ހިންޓެއް ދެއްވާށެވެ.

 

ފިޔަވަޅު 3

ހުރިހައި ސުވާލަކަށް ޖަވާބުދީ ނިމެންދެން ކުޅުން ކުރިއަށް ގެންދާށެވެ. މި ކުޅިވަރުގެ ވަގުތު ދިގުކުރުމާއި އިތުރު ހުނަރުތަކެއް އަށަގެންނެވުމަށްޓަކައި ކުދިންގެ އަތަށް ކަރުދާސްދީ އެކަރުދާހުގައި ޖަވާބު ލިޔުމަށް ޙަވާލުކުރެވިދާނެއެވެ.

 

މިފަދަ ޙަރަކާތްތަކެއް ބޭނުންކުރައްވާ ކޮންމެ ފިލާވަޅަކީވެސް ދަރިވަރުން ޝައުޤުވެރިވާނެ ގޮތަކަށް ރާވާލެވިފައިވާ ފިލާވަޅުތަކަކަށްވާނަ، ހީވެސްނުކުރާހާ ރަނގަޅު ނަތީޖާއެއް ދަރިވަރުން ހޯދާނެކަމާއިމެދު ޝައްކެއްނެތެވެ. ހަމަ އެހެންމެ މުދައްރިސުންނަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ކުރިމަތީގައި މަޤުބޫލު އަދި ކާމިޔާބު ބަޔަކަށް ވުމަށް މަގުފަހިވާނެއެވެ.

 

Normal 0 false false false EN-US X-NONE AR-SA MicrosoftInternetExplorer4

ވާހަކަ ބޯޅަ – ކިޔުމުގެ ދޭހަ އަށަގެންނެވުމަށް ކުޅެވިދާނެ ކުޅިވަރެއް

Rush

Text Box: Rush

އަޙްމަދު ރަޝީދު އެސްޖެހިގެ ލ.ފޮނަދޫ

މި ކުޅިވަރަކީ ފަށާ ތަޢުލީމުގެ ކިލާސްތަކުގައި އުނގެނެމުންއަންނަ ދަރިވަރުންނަށް އަމާޒުކުރުން ރަނގަޅުވާނެ ކުޅިވަރެކެވެ. ޚާއްޞަކޮށް ފުރަތަމަ ގްރޭޑާއި ދެވަނަ ގްރޭޑްގެ ދަރިވަރުންނަށް ވަރަށް އެކަށީގެންވާނެ، ފައިދާ ކުރުވަނިވި ކުޅިވަރެކެވެ. މި ކުޅިވަރު ކުޅުމަށްޓަކައި މާގިނަ ސާމާނުތަކެއް ނުވަތަ އާލާތްތަކެއް ބޭނުމެއްނުވާނެއެވެ.

ބޭނުންވާނެ ތަކެތި

· ދިގު ފިތް ޖެހި ބޯޅައެއް (ފޮޓޯ ގައި އެވަނީ މިފަދަ ބޯޅައެއް)

· ވޮންޑަރމާރކަރެއް

· ގްރޭޑް އެކެއްގެ ކޯރީޑަރ ފޮތެއް (ނުވަތަ އެ ގްރޭޑަކާއި ގުޅޭ ފެންވަރުގެ ވާހަކަ ފޮތެއް)

· ފަންސުރު

· އެގްޒަމިނޭޝަން ޕޭޑްގެ ކަރުދާސް

ކުޅޭނެގޮތް

އަޅުގަނޑުމެންގެ ދަރިވަރުން ފޮތް ނުވަތަ ވާހަކައެއް ކިޔަމުންދާއިރު އެ ކިޔަމުންދާ އެއްޗެއް ފަހުމު ނުވުމުގެ މަައްސަލައާއި ކުރިމަތިލާން ޖެހޭހެއްޔެވެ؟ ކިޔުމުގެ ދޭހައިގެ ހުނަރު އިތުރު ކުރެވޭނީ ގިނަގުނަ ފަރިތަކުރުން ތަކެއް ހަދައިގެންނެވެ. ބުރަކޮށް މަސައްކަތް ކޮށްގެންނެވެ. އަދި ކިޔުމުގެ ދޭހައެއް ހެދުމަކީ ވަރަށް ބުރަކަމެއް ކަމުގެ އިޙްސާސް ދަރިވަރުންނަށް ނުކުރެވޭނެފަދަ ޙިކްމަތްތެރި ގޮތަކަށް މިފަދަ ފިލާވަޅުތައް ކުރިއަށް ގެންދިޔުން މުހިންމެވެ. އެހެންކަމުން ކުރިން ދެންނެވި ފަދަ އެކަށީގެންވާ ވާހަކައެއް އިޚްތިޔާރުކޮށް، އެވާހަކަ ކިޔުމަށް ދަރިވަރުންނާއި ޙަވާލުކުރާށެވެ. ވާހަކަ ކިޔައި ނިމުމުން ކުރަން އުޅޭ ކަންތަކުގެ ވާހަކަ ވިދާޅުވެދެއްވާށެވެ. މިސާލަކަށް: [މުދައްރިސް މިއުޅެނީ ތިކުދިން ވާހަކަ ކިޔަމުންދާއިރު ވާހަކައިގައި ބުނާއެއްޗެއް ފަސޭހައިން ހަނދާނުގައި ބެހެއްޓުމަށް އެހީތެރިވެދޭނެފަދަ ކުޅިވަރެއް ކުޅޭށެވެ.] މިފަދަ ޢިބާރާތްކޮޅެއް ބޭނުންކުރެވިދާނެއެވެ. އެއަށްފަހު އަންނަނިވި ފިޔަވަޅުތައް ކުރިއަށް ގެންދާށެވެ.

ފިޔަވަޅު 1

ފަހަރަކު ކުއްޖެއްގެ އަތަށް ބޯޅައާއި މާރކަރު ދެއްވާށެވެ. އަދި ކޮންމެ ކުއްޖަކުވެސް ބޯޅައިގެ ކޮންމެވެސް އެއް ފިތުގައި އަންނަނިވި ސުވާލުތައް ފަދަ ސުވާލެއް ލިޔެލުމަށް އިރުޝާދު ދޭށެވެ. ވާހަކަައިގެ ބާވަތާއި ވައްތަރުން ސުވާލުތައް ތަފާތުކުރައްވަން ޖެހިދާނެކަން ހަނދުމަފުޅު ބަހައްޓަވާށެވެ.

[ކޮންތާކު؟]

[ކާކު؟]

ވާހަކަ ނުވަތަ ކަމެއްގެ [ފެށުން؟]

[މައިގަނޑު؟]

[ނިންމުން؟]

[އެންމެ ކަމުދިޔަ ބައި؟]

ފިޔަވަޅު 2

ފިޔަވަޅު އެކެއްގައިވާ ގޮތަށް ބޯޅައިގެ ހުރިހާ ފިތްތަކެއްގައި ސުވާލުތައް ލިޔުމަށްފަހު ދަރިވަރުން ގޮވައިގެން ގަހެއްގެ ހިޔަލަށް ނިކުންނަވާށެވެ. ގޮނޑިތައް ހިފައިގެން ނުކުންނެވުމަށްވުރެން މިފަދަ ޙަރަކާތްތައް ކުރިއަށް ގެންދެވުމަށް ބޮޑަށް ރަނގަޅުވާނީ ކޮޅަށް ތިއްބެވުމެވެ. ބޭރަށްނުކުމެ ވަށްބުރަކަށް ކުދިންތައް އަތުރާލުމަށްފަހު، މުދައްރިސް ބުރުގެ މެދުގައި ހުންނަވައިގެން ފަހަރަކު ކުއްޖަކާއި ދިމާއަށް ބޯޅަ އުއްކަވާށެވެ. އަދި ދަރިވަރުން ބޯޅަ ހިފާއިރު [ކަނާތް] ޖެހިފައިވާ ފިތުގައިވާ ސުވާލު ކިޔުމަށްފަހު އެސުވާލުގެ ޖަވާބު ދިނުމަށް އިރުޝާދުދެއްވާށެވެ. މިސާލަކަށް: ވާހަކައިގައިވީ ކިހިނެތް ހެއްޔެވެ؟ ވާހަކައިގައި އުޅޭ މުހިންމު ސަޚްޞިއްޔަތުތަކަކީ ކޮބާހެއްޔެވެ؟ ކާޅުގެ އަނގައިގައި އޮތް ޕާންފޮތި ވެއްޓުނީ ކީއްވެގެން ހެއްޔެވެ؟ ހަކީމަށް ލަނޑުލިބުނީ ކީއްވެގެން ހެއްޔެވެ؟ ވާހަކައިގެ ފެށުމުގައި، މައިގަނޑުގައި ނުވަތަ ނިމުމުގައި ވީ ކިހިނަކުން ހެއްޔެވެ؟ އެންމެ ކަމުދިޔައީ ކޮންބައެއް ހެއްޔެވެ؟ ބޯޅަ އެއްލުން އަވަސްކުރިވަރަކަށް ކުޅިވަރުގެ ފޯރިހިފާނެއެވެ. ޖަވާބުދޭން ނޭގޭނަމަ ނުވަތަ އުނދަގޫވެގެން އުޅޭނަމަ ޖަވާބު ފަސޭހަކުރުމަށް ހިންޓެއް ދެއްވާށެވެ.

ފިޔަވަޅު 3

ހުރިހައި ސުވާލަކަށް ޖަވާބުދީ ނިމެންދެން ކުޅުން ކުރިއަށް ގެންދާށެވެ. މި ކުޅިވަރުގެ ވަގުތު ދިގުކުރުމާއި އިތުރު ހުނަރުތަކެއް އަށަގެންނެވުމަށްޓަކައި ކުދިންގެ އަތަށް ކަރުދާސްދީ އެކަރުދާހުގައި ޖަވާބު ލިޔުމަށް ޙަވާލުކުރެވިދާނެއެވެ.

މިފަދަ ޙަރަކާތްތަކެއް ބޭނުންކުރައްވާ ކޮންމެ ފިލާވަޅަކީވެސް ދަރިވަރުން ޝައުޤުވެރިވާނެ ގޮތަކަށް ރާވާލެވިފައިވާ ފިލާވަޅުތަކަކަށްވާނަ، ހީވެސްނުކުރާހާ ރަނގަޅު ނަތީޖާއެއް ދަރިވަރުން ހޯދާނެކަމާއިމެދު ޝައްކެއްނެތެވެ. ހަމަ އެހެންމެ މުދައްރިސުންނަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ކުރިމަތީގައި މަޤުބޫލު އަދި ކާމިޔާބު ބަޔަކަށް ވުމަށް މަގުފަހިވާނެއެވެ.

މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
hassan .

varah best gy.asluves misaitah bynumee mikahala liuntah .thankes
ނަން:
އީމެއިލް:
 
ސުރުހީ: