
މާވަށުގެ ޙާލަތު މިހާރު ފެންނަމުންމިދަނީ މީގެކުރިން ދުވަހަކުވެސް މާވަށުގެ އެއްވެސް ރައްޔިތަކު ދެކެފައިނުވާފަދަ ދަރަޖައެއްގައިކަމަށް އެރަށުގެ ވަރަށް ގިނަމީހުން ބުނެއެވެ. ލާމަރުކަޒީއުސޫލުން ރާއްޖެ ހިންގަން ފެށިފަހުން ރަށުގެ އެއްވެސް އަމުރު މަޢުރޫފެއް ނުހިނގާކަން ފާހަގަކުރެވޭކަމަށް ރަށުގެ ބައެއް ފަރާތްތަކުން ބުނެއެވެ. ރަށުގެ އަދުލު އިންސާފް ޤާއިމުކުރާ މުވައްސަސާގެ ޙާލަކީ ހަތަރު ފާރު ހުރުންފިޔަވާ އެއްވެސް މަސައްކަތެއް ކުރާތަނެއްނޫންކަމަށް ގިނަބަޔަކުބުނެއެވެ. ކޯޓުގެ މަސައްކަތުމީހާ ޗުއްޓީނަގައިފިނަމަ އެތަނުގެ މެޖިސްޓްރޭޓައްވެސް މަސައްކަތްކުރަންނުޖެހޭ ގޮތަށް ޗުއްޓީލިބިނީއެވެ. މީހަކުހުށަހަޅާފައިވާ މައްސަލައެއް ނުނިމި ތިންހަތަރު މަހަށްވުރެ ގިނަދުވަސްވެގެން އެކަން އޮތްގޮތެއް ސާފްކޮށްލަން ދިޔުމުން މެޖިސްޓްރޭޓް ވިދާޅުވަނީ މަސްކަތުމީހާ ޗުއްޓީގައިވުމުން ނުވަތަ ދެންހުތި ކާތިބަކު ސަލާން ބުނެފައިވާތީ ކޯޓުން އެއްވެސް މަސައްކަތެއް ހިންގެންނެތްކަމުގައެވެ.
ޤާނޫނާޚިލާފަށް ރަށުތަރޭގައި މީހުންކުރާ އަމަލްތަކުގެތެރޭގައި ރަށުގެ އަގުބޮޑު ބިންތައް މީސްމީހުންގެ އަމިއްލަބޭނުމުގައި ބޭނުންކުރަމުން ގެންދިޔުމާއި، ލައިސަންސްނެތި ކުޑަކުދިންނަށް ދާންދެން ބާރު ސްޕީޑުގައި ސައިކަލް ދުއްވުމާއި، ރަޖިސްޓަރީނުކޮށް އެއްގަމާ ކަނޑުގައި ދުއްވާ އުޅަދުފަހަރު ދުއްވުމާއި، އަރުވާލާފައި ތިބޭ އެއްވެސްމީހަކު ރަށުގައި ނެތުމާއި، ސަރީޢަތުން ޖަލަށް ޙުކުންކޮށްފައި ތިބޭމީހުން ތިން ހަތަރު މަސް ވަންދެން ނުގެންގޮސް ރަށުގައިއުޅުމާއި، އެމީހަކުބޭނުންވަރަކަށް ގޯތި ބޮޑުކޮށްގެން އެތަންތަނުގައި ގެދޮރުއަޅައިގެން ބޭނުންކުރަމުން ގެންދިޔުމާއި، ރަށުގެއިޖުތިމާޢީސަރަޙައްދުތަކާއި މަސްވެރިންނަށްބޯފެންލިބޭގޮތަށް ހުރި ހުރިހާ ބޯފެންއަޅާ ކަޅުހަންތައް ނަގައި ކައުންސިލް އިދާރާއަށް ޖަމާކޮށް އެއްވެސް ދިމާލަކުން ބޯފެންލިބޭގޮތަށް ނެތުމާއި، ރަށުތެރެ ސާފު ނުކުރުމުގެ ސަބަބުން ދުއްވާ އެއްޗިއްސަށާއި ހިނގާ ބިގާވާ މީހުންނަށް ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިވެ ބަލިމަޑުކަން އުފެދޭހިސާބަށް ދިޔުމާއި، ބަނދަރުގެ ބޭނުން ނުކުރެވޭވަރަށް މީސްމީހުންގެ އަމިއްލަ ސިމެންތި، އެޅިގާ، ދަރުފަދަ ތަކެތި ބަހައްޓައިގެން ވިއްކާ ތަނަކަށްވުމާއި ޤަވާޢިދާ ޚިލާފަށް ހުއްދަ ނުނަގާ ނުރައްކާތެރި ތެލުގެ ބާވަތްތަކާ (ޕެޓްރޯލް) ތަކެތި އެމީހަކު ވިއްކާނެގޮތަކަށް ވިއްކަމުން ގެންދިޔުމާއި، ޤަވާޢިދާ ޚިލާފަށް މީސްމީހުންގެ ރުއް ގަސް ކަޑާ ބޭނުން ކުރަމުން ގެންދިޔުމާއި، އަދިވެސް މިފަދަ ގިނަކަންތަކެއް ހިމެނެއެވެ. މާވަށުގެ މުސްތަޤުބަލަށް މިފަދަ ކަންތައްތަކުން ހިޔަނި އެޅިފައިވާ ކަމަކީ މިއަދު ހިތާމަ ކުރަންޖެހޭ ކަމެކެވެ.


ކޮންމެ އެއްޗެއްލިޔުނަސް ހެޔޮ ތިމާ އަކަށް ނޭގެ މިލިޔެނީ ކީކޭކަމެއްވެސް ރަށުގެ އިޖްތިމާ ސަރަހައްދު ތަކުގައި ކުނި ކަހާތަން ނުފެންނާނީ ކަނު މީހުންނަށް، ދެން ކައުންސިލްތައް އިންތިހާބުވެގެން އައި އިރުވެސް ދަރުފުނިތައް ހުރީ ޖަހާފައި ޤަބޫލުކުރަން އެކަމަށް އަދި ރަސްމީ ހައްލެއް ނުގެނެވޭކަން އެކަމަކު އެކަމަށްޓަކާ ވަނީ ހަމަ ބޮޑެތި މަސައްކަތް ތަކެއް ކުރެވިފަ، މިގޮތުން އާންމުކޮށް ބަދަރު ނޭނުންކުރާފަރާތްތަކުގެ ޚިޔާލް ހޯދައިގެން މިހާރު ޤަވާއިދެއް ހެދި އެޤަވާޢިދުގައި ހިމެނޭ އުސޫލުތައްވެސް ވާނީ އާންމުކުރެވިފައި އަދި ގޯތި ބޮޑުކުރިވާހަކަދެއްކީމަ ބުނެލަން އޮތީ މިއަހަރު ކިތައް ގޯތި ބޮޑުކޮށްފިތޯއެވެ. ކައުންސިލްތައް އިންތިހާބު ވީއިރު ޑުކޮށްފައި ހުރި ގޯތިތަކުން ކިތައްގޯތީގެ ރަޖިސްޓްރީ ހަމައެގޮތައް ބާއްވާ ކުރީގަ ހަދާދީފައި ވޭތޯއެވެ، މިއަހަރު ގޯތިދީފައިވާ އިމައްވުރެ ބޮޑުވެގެން މިހާރުވެސް ކިތައް ގޯތި ރަޖިސްޓްރީ ނިންމާނުދީ ވޭތޯއެވެ. އެފަދަ ކިތައްމައްސަލަ ފުލުހުންނަށް ހުށަހެޅި ނުބެލި ވޭތޯއެވެ. އޮފީސް ގޯތީގައި ހުރި ކަޅުހަންތަކުން ފެންލައިގެން މަހައްފުރީ ކިތައްދޯނި ތޯއެވެ.އަދިެންމެފަހުންވެސް މާވަށު ބޯޓް މާލެފުރީވެސް ހަމަ އޮފީސް ކައިރީގައި ބަހައްޓާފައިހުރި ކަޅުހަންތަކުން ފެންލައިގެންކަން އެގޭނެ ކިތައް މީހުން ތިބުނާ މާވަށުަގައި ވޭތޯއެވެ. ރަށުގައި ޑްރަގު ވިއްކާވާހަކައާއި ލައިސަސްނެތި ސައިކަލް ދުއްވާ ވާހަކަ ޕޮލިހައް ހުށަހެޅިފައިވަނީ ކިތައްފަހަރުކަން އެގެނީ އާންމުގެ ތިކަހަލަ ކިތައްމީހުންނަށް ބާވައެވެ. ދެން ދައްކާފައިވާ ޕެޓްރޯލް ވިއްކާ ވާހަކައިގައި ބުނެލަން އޮތީ މާވަށުގައި ހުރި ތެޔޮވިއްކާ ދެތަނަކީވެސް ހުއްދަ ނުނަގާ ރަޖިސްވެސް ނުކޮށް ހިންގާ ތަންތަން ކަން ފާހަގަ ކުރެވޭ އިރު ކައުންސިލްތައް އިންތިހާބުވެ ކައުންސިލްގެ އަތްމައްޗަށް ތެލުގެ ވިޔަފާރިއައުމުން އެތަން ބަންދުކޮއްގެން މިކުރަނީ ކީއްކަން އެބަ އެގޭހެއްޔެވެ. އެއީ ޤަވާއިދާ ގާނޫނުގެ އިމުގެ ތެރެިން އެކަން ކުރވޭ ތަނެއް މާވަށުގައި ބެހެއްޓުމަށް ކުރާ މަސައްކަތްތަކެވެ.
ވީއިރު މާވަށޭ މާވަށު މީހުންނަށް ހަޤީގަތް އޮޅޭގޮތައް ނުކިޔުން މާރަނގަޅުވާނެކަމަށް މިފަދަ ލިޔުންތައް ލިޔާފަރާތްތަކަން ބުނެލަންބޭނުމެވެ. އަދިވެސް ބުނެލަމެވެ. މި ސައިޓްގައި ޖަހާ އެއްޗެހީގައި ލިޔުނު މީހާގެ ނަންޖަހާލަޏްވެސް ނުކެރޭކަން ފާހަގަކުރަމެވެ. އަދި ނޫސްވެރިކަމުގެ ޤާނޫނާއި ޤަވާއިދުގެ އިމުގެ ތެރޭގައި ޚިޔާލުފާޅުކުރުމުގެ މިނަިވަންކަމުގެ ހުދޫދުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ނަސޭހަތްތެރިވަމެވެ. މިކޮމެޓް ޖަހާނެހެން ވެސް ހަމަ ހީއެއްނުވޭ.