maavahinfo

Saturday, May 19th

Last update10:58:41 PM GMT

:: ބަކުރުގެ ކަޅޯއްހިފުން

ބަކުރުގެ ކަޅޯއްހިފުން

E-mail

އަބޫބަކުރަކީ އަބަދުވެސް ލާނދާ ހިފައިގެން މަސްހިފަން ދާ މީހެކެވެ. އޭނާ ލާނދާ ހިފައިގެން އަތިރިމަތިން ނުފެންނަ ވަގުތެއް މަދުވާނެއެވެ.

އެހެންގޮތަކަށް ބުނާނަމަ އަބޫކުރަކީ މިކަމަށް ދެވި ހިފާފަ ހުންނަ މީހެކެވެ. މިގޮތަށް އެއްދުވަހަކު މަސްހިފަމުން ދަނިކޮށް އަބޫކުރަށް ވަރަށް ކައިރިން ބޮޑު ކަޅޯއް އައިނެއް ފެނިއްޖެއެވެ. އަބޫކުރު ވީ އުފަލުން ލާނދާ ހެޔޮވަރުކޮށްލުމަށް ފަހު ވަރަށް ވަގުވަގަށް ބޮނދާ އޮވެ ކަޅޯއްގަނޑާއި ދިމާލަށް ހޫރާލުމަށް ތައްޔާރު ވެއްޖެއެވެ.


އިބުރާހިމްބެޔަކީ ހުކުރުމިސްކިތުގެ މަސައްކަތު މީހާއެވެ. މުދިންބެއަށް ބަންގި ގޮވަން ނާދެވޭ ވަގުތުތަކުގައި ބަންގި ގޮވަނީ އިބުރާހިމްބެ އެވެ. އެހެންނަމަވެސް އިބުރާހިމްބެ ބަންގި ގޮވަން ފުރަތަމަ އަކުރު ކިޔާވަގުތު އެކަމާ ނުވިސްނައި ހުރެއްޖެނަމަ ސިއްސައިގެން ނުދާނެ ހަމަ އެކަކުވެސް ރަށުގައި ނުހުންނާނެއެވެ.


މިދުވަހު މެންދުރުނަމާދު ވަގުތު ޖެހުނު އިރުވެސް މުދިންބެޔަކަށް މިސްކިތާއި ހަމަޔަކަށް ނާދެވުނެވެ. އެހެންކަމުން އިބުރާހިމްބެ އަވަސްއަވަހަށް ގޮސް މައިކު އޮން ކޮށްލުމަށްފަހު ބަންގީގެ ފުރަތަމަ އަކުރު ކިޔުނު ވަގުތު ދިމާވީ އެއްކަލަ އަބޫކުރު ލާނދާ ހޫރާލަން ތައްޔާރުވި ވަގުތާއެވެ. އަދި އަބޫކުރަކީ ވަރަށް ފަސޭހައިން ސިއްސައިގެންދާ މީހެއްވެސް މެއެވެ. އެހެންކަމުން މިއަޑަށް އަބޫކުރު ސިހުނު ވަގުތު އެއްކަލަ ކަޅޯއްތަކަށް ސިހުންލިބި އެސޮރުމެން އެކި ދިމާދިމާލަށް ގޮސް ބަޗާ ރައްކާވެއްޖެއެވެ. އަބޫކުރު އައި ރުޅީގައި މޫނު ރަތްކޮށްލާފައި ބުންޏެވެ. އެއީ ކޮން ކުއްތާއެއް ކުރި ކަމެއް ހެއްޔެވެ.

 

މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
nain .

ވަރަށް ކަމުދާ ލިޔުމެއް
Anonymous .

its a good jok

ad .

abookurube dhw
މައިން .

އޭ އަސްލު ހިގިކަމެއްތަ މީ
ކްރޭޒީސްމައިލް .

އަސްލުވެސް ހިގިކަމެއް ކަމަށް ވަނީ
hassan ibrahim .

aslu varah kamudy. ekamaku tankoleh ginain mikahala jokutah hunnanama ragala vaale.tankes a lot.....
noddy .

is dis true....asluves hingi kameh ta...gabool nukurevey ingey...
noddy .

is dis true ta hama...
Anonymous .

KIYAALAN MAMA SALHI
ނަން:
އީމެއިލް:
 
ސުރުހީ: