maavahinfo

Saturday, May 19th

Last update10:58:41 PM GMT

:: މި ލިޔުން އެއްގޮތަކަށްވެސް ނުކިޔާށެވެ!

މި ލިޔުން އެއްގޮތަކަށްވެސް ނުކިޔާށެވެ!

E-mail Print


މިލިޔުން އެއްގޮތަކަށްވެސް ނުކިޔާށޭ ބުނުމުންވެސް ކިޔަންފެށީދޯއެވެ. ލިޔުމުގެ މައުލޫއަކަށް އެހެން ލިޔުނީ ހަމަ މި ލިޔުން ކިޔާނެކަން އެނގިގެންނެވެ. ގަސްތުގައެވެ. މިއީ އަހަރުމެން އިންސާނުންގެ އާދައެކެވެ. މާފުކުރަށްވާށެވެ. އެންމެނެއްނޫނެވެ. ބައެއްމީހުންގެ އާދައެކެވެ. ނަމަވެސް މިނިސްބަތް ގިނަ ކަމުގައި ދަންނަވަންޖެހެއެވެ. އަޅުގަނޑު މި ލިޔުމުގައި ލިޔަން އަސްލު ގަސްތުކުރި ވާހަކައަކީ ހަޤީގަތުގައިވެސް ހިނގައިފައި އޮތް ކަމެއްގެ ވާހަކައެކެވެ. އަޅުގަނޑެއް ނުދެކެމެވެ. ނަމަވެސް ލިބިފައިވި މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ހަމަ މިވާހަކަ ލިޔެ ލާނަމޭ ހިތައް އެރީއެވެ. އިތުރަށް ވިދާޅުވެލައްވާށެވެ ހަމަ އަޅުގަނޑުމެން ރަށް މާވަށުގައި ހިނގި ކަމެކެވެ.

 

ކޮންޕިޔުޓަރ ހުންނަގެއެކެވެ. ދެމަފިރިންނާ ދެދަރިންވެސް އުޅެއެވެ. އަދި އޭގެ އިތުރަށް އަންހެން މީހާގެ ދަރިއަކުވެސް އެގޭގައި އުޅެއެވެ. މިއަށްވުރެ އިތުރަށް ދަންނަވާކަށް ނެތީމެވެ. ވީގޮތެއް ބަލާލުމަށް އިތުރަށް ވިދާޅުވެލަށް ވާށެވެ. ވަރަށް ކުރުކޮށް ކިޔައިދޭނަމެވެ. ގޭގެ މަންމަ ނުވަތަ ބައްޕަ ކޮންޕިޔުޓަރުގައި ފައިލެއް ހުޅުވިއެވެ. އަދި އެ ފައިލުގެ ތެރެއަށް " ބޮޑެތިމީހުނަށް ހާއްސަ (+18)" ބައެއް ފިލުމާއި ފޮޓޯތައް ލައިފައި  ފައިލްގެ ނަމަކަށް ޖެހީ " މީތި ނުބަލާތި" މިހެންނެވެ. ސަބަބަކީ މި ކޮންޕިއުޓަރަކީ ގޭގެ ކުދިންވެސް ބޭނުން ކުރާ ކޮންޕިއުޓަރަކަށް ވާތީއެވެ. ނަމަވެސް ދެންވީ ވާންވީ ހައެއްޗެވެ.

 

ގޭގައި އުޅޭ އަންހެން މީހާގެ ދަރި އައިސް ކޮންޕިއުޓަރ ހުޅުވައިފައި ކުޅެން ފެށިއެވެ. އޭނައަށް ފެނުނީ އެއްކަލަހެން ޖަހައިފައިވާ ފައިލެވެ. " މީތި ނުބަލާތި " ޖަހައިފައި އިނީމާ އެހެން އެއްޗެއް ހުޅުވުމުގެ ބަދަލުގައި އޭތި ހުޅުވާލިއެވެ. އަދި އޭގައި ހުރި އެއްޗެހިތައް"ރަނގަޅަށް" ބަލައި ނިންމައިފިއެވެ. އެއްތުނބުން ހީލަންޖެހޭ މި ހާދިސާގައިވެސް މި ވީ ފެއްޓުމުގައި އަޅުގަނޑު ދެންނެވި ފަދަގޮތެކެވެ. ފައިލުގައި އެހެން އޮތީމަ އަވަހަށް ބަލާލީއެވެ. ދެން ކުރާނެ ކަމެއްނެތްތާއެވެ. ގޭގެ ބޮޑުން ތަންކޮޅެއް"ގަޅީ"އެވެ.